މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުނިވާސިޓީގެ ރަޖިސްޓްރާ އައިޝަތު އަލީ ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ 183 ކޯހަކަށް 5276 ކުދިންނަށް ޖާގަ ދެވޭނެ ކަމަށާއި އެ ކޯސް ތަކުގެ ތެރެއިން 3125 ކުދިން މިހާރު ކުރިމަތިލާފައިވާކަމަށެވެ.
ރަޖިސްޓްރާ އިތުރަށް ވިދާޅުވީ ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެން ނަމަވެސް ފަހުން އެ ޔުނިވާސިޓީގެ އެހެން ފެކަލްޓީ ތަކުގެ ކޯސްތަކަށް އިއުލާން ކުރުމާއި ގުޅިގެން ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު އިތުކުރެވިފައިވާކަމަށެވެ.
ރަޖިސްޓްރާ ވިދާޅުވީ، ހުޅުވާލާފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ފުލްވެފައި ވަނީ ހަމައެކަނި ނާސިން ދާއިރާގެ ކޯސްތަކަ ކަމަށެވެ.
ޔުނިވާސިޓީން މިއަހަރު ހުޅުވާލި ކޯސްތަކުގެ ތެރޭގައި ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރުގެ ކޯސް ތަކަށް ކުރިމަތި ލުމުގެ ފުރުރަސަތު ހުޅުވާލާފައިވާނެ ކަމަށާއި އަދި މިއަހަރު މި ހުޅުވާލި ހުރިހައި ކޯސްތަކެއް ވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާއިމް ކުރެވިފައިވާ ޔުނިވާސިޓީގެ ކެންޕަސް ތަކުގައި ކިޔަވައިދޭނެ ކަމަށް ރަޖިސްޓްރަާ ވިދާޅުވި އެވެ.

















ޚިޔާލު