މަރުގެ އަދަބާއި ހައްދުޖެހުމުގެ އަދަބުތައް ރާއްޖޭގައި ތަންފީޒުނުކުރުމަށް ރާއްޖޭގައި ހުންނަ އދ. އޮފީހުން ގޮވާލައިފިއެވެ.
ރާއްޖޭގައި ހުންނަ އދ. އޮފީހުން މިކަމަށް ގޮވާލީ އެއޮފީހުން ނެރުނު ބަޔާންގައި، ބައިނަލް އަގުވާމީ އިންސާނީ ހައްގު ތަކާއި ބެހޭ މުއާހަދާތަކަށް އިހްތިރާމް ކުރުމަށް ދިވެހިރާއްޖެގެ ސަރުކާރަށް ގޮވާލާފައިވެއެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުން ހާއްސަކޮށް އިސްލާމީ ގިނަ ގައުމު ތަކުން ވެސް މިހާރު މަރުގެ އަދަބު ތަންފީޒު ނުކުރާކަމަށް ބުނެފައި ވެއެވެ.
އދ އޮފީހުގެ ނޫސްބަޔާނުގައި އިތުރަށް ވަނީ، އިންސާނީ ކަރާމަތައް އުނިކަން އަންނަ އަދަބުތަކާއި، އަދަބު ދީގެން ކުށަށް އިއުތިރާފް ކުރުމަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ތަކާއި ހިލާފް ކަމެއްކަމަށާއި ކުޑަކުދިންކުރާ ކުއްތަކަށް ހަރުކަށި އަދަބު ދިނުމަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކަށް ބަލާއިރު ހުއްޓާލަން ޖެހޭނެކަންކަން ކަމަށެވެ. އަދި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާއި ކުޑަކުދިންނަށް ހަރުކަށި އަދަބު ދިނުމުގައި އދ ގެ ކަންބޮޑުވުން ތަކެއް ހުރިކަން 2012 ވަނަ އަހަރުވެސް ހާމަކުރެވިފައި ވާނެކަމަށް އދ. އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އދ. އޮފީހުގެ ބަޔާނުގައި ރާއްޖޭގައި ހުންނަ އދ އޮފީހުން ރާއްޖޭގައި ބައިނަލްއަގުވާމީ ގޮތުން ގަބޫލު ކުރާ އިންސާނީ ހައްގުތައް ތަންފީޒުކުރުމުގައި ދިވެހި ސަރުކާރުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ބުނެފައި ވެއެވެ.

















ޚިޔާލު