"ޝަރުޢީ ރުޤްޔާ"ގެ ނަމުގައި ވީއެފްއެމް އިން އާ ޕްރޮގްރާމެއް ފަށަން ހަމަޖެހިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.
ޕްރޮގްރާމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ދިއިސްލާމްއަށް ހާމަކުރި ގޮތުގައި "މިރޭޑިއޯ ޕްރޮގްރާމްއަކީ ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްއިނާއި ޖަމްޢިއްޔަތުލް ބަޔާން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް"ކަމަށާއި "މިޕްރޮގްރާމްއަކީ ވީއެފްއެމް އިން ގެނެސްދޭ ލައިވް ޕްރޮގްރާމެއް"ކަމަށެވެ.
"ޝަރުޢީ ރުޤްޔާ"ގެ ނަމުގައި ގެނެސްދޭ ރޭޑިއޯ ޕްރޮގްރާމް ގެނެސްދޭނީ މިރެއިން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގެ ރޭ 10 އިން 11 އަށް ވަގުތުން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބައިވެރިންނަށް ސުވާލު ކުރެވޭނެކަމަށާއި ދީނީ ޢިލްމުވެރިންނާއި ރާޤީން މިޕްރޮގްރާމްގައި ބައިވެރިވާނެކަމަށެވެ.
މިރޭގެ ޕްރޮގްރާމްގައި ޝެއިޚް ޖަޢުފަރު ފާއިޒު، ޝައިޚް ޢަލީ އިބްރާހީމް، ރާޤީ އަޖްނާދު އަދި ރާޤީ މަޒީދު ބައިވެރިވާނެކަމަށް އޮފިޝަލް ހާމަކުރެއެވެ.
ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްއިން އިން މިދޔަ ރޯދަމަހު ވަނީ ކެޕިޓަލް ރޭޑިއޯ މެދުވެރިކޮށް ރޭޑިއޯ ޕްރޮގްރާމެއް ހުށައަޅާފައެވެ. އަދި ސްޕްރިޗުއަލް ހީލާސް އޮފް މޯލްޑިވްސްއާއި ޖަމްޢިއްޔަތުލް ބަޔާން ގުޅިގެން ވަނީ ރުޤްޔާ ކޯހެއްވެސް ބާއްވާފައެވެ.

















ޚިޔާލު