ރާއްޖޭގެ ޚަބަރު

އިންތިހާބާ ގުޅިގެން ލޮޅުމެއް އަޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ފުލުހުން އަޅާނެ: ސީޕީ ރިޔާޒް

ފުލުހުން އިއްޔަ ބޭއްވި ނިއުސް ބްރީފިންގެ ތެރެއުން | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤް

އިންތިހާބާ ގުޅިގެން ލޮޅުމެއް އަޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ފުލުހުން އަޅާނެކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅީ "[ރިޔާސީ އިންތިހާބާ ގުޅިގެން] ގައުމުގެ ހަމަޖެހުމަށް ލޮޅުމެއް އަޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ. ފުލުހުން މިތިބީ ވަރށް ތައްޔާރަށް، އަޅުގަނޑުމެނަށް ބޭނުންވާ ހުރިހާ އޮޕަރޭޝަނަލް ސޭފްޓީ އިކްއިޕްމަންޓްސް ވަނީ ލިބިފައި. ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އަޅުގަނޑުމެން ބޭނުންވާ ހުރިހާ ގިއަރެއް އެބަހުރި ލިބިފައި. އެހެންވީމާ މިއަދު މިވެނި ކަމެއް ނުވެގެންނޭ ބުނާކަށް ނުޖެހޭ،"ކަމަށެވެ. އަދި "ފުލުހުން މިތިބީ ތައްޔާރަށް. ކޮންމެ ސިނާރިއޯކަށް ކޮންމެ ސިޓްއޭޝަނަކަށް. ދިމާވާ ކޮންމެ ހަމަނުޖެހުމެއް އަޅުގަނޑުމެނަށް ބަދަލު ކުރާނަން."ކަމަށްވެސް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވިއެވެ.

ވީޑިއޯ ސްޓޭޓްމެންޓެއްގައި ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބަށް ބޭނުންވާނެ ހުރިހާ ގިޔަރަކާއެކު ފުލުހުން ތައްޔާރުވެފައި އޮތްކަމަށާއި ރިޔާސީ އިންތިހާބުގެ ކަންކަން އަމާން އޮމާންކޮށް ގެންދިއުމުން ވަރަށް ގިނަ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *