ސޫރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަ ހުއްޓާލުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
މިކަމާއި ބެހޭގޮތުން ފޮރިން މިނިސްޓްރީއިން ހާމަކުރި ގޮތުގައި ސޫރިޔާގެ އެތައް ރައްޔިތުންނެއްގެ އެތަކެއް ހައްގުތަކާއި މިނިވަންކަން ގެއްލޭ ގޮތަށް ހިނގަމުންދާ ހަގުރާމަ ކުށްވެރިކޮށް އެކަން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލާފައިވާނެ ކަމަށެވެ. އަދި އދ. ގައި ރޭ "ދި ސިޗުއޭޝަން އިން ސީރިއަން އަރަބް ރިޕަބްލިކް" ގެ ނަމުގައި ވަނީ ގަރާރެއް ފާސްކޮށްފައިވާކަމަށާއި ދިވެހިރާއްޖެއިން މި ގަރާރާއި އެއްކޮޅަށް ކޯ ސްޕޮންސަރ ކޮށް ވޯޓްދީފައިވާނެކަމަށްވެސް ހާމަކުރިއެވެ.
މި ގަރާރުގައި ސޫރިޔާގެ ސަރުކާރުން ރައްޔިތުންނާއި ދެކޮޅަށް ހިންގާ ހަމަނުޖެހުން ވަގުތުން ވަގުތަށް ހުއްތާލުމަށް ގޮވާލާފައިވާއިރު މި ގަރާރު ފާސްކުރުމުގައި 12 ގައުމަކުން މި ގަރާރާއި ދެކޮޅަށް އަދި ވަކި ކޮޅަކަށް ވޯޓް ދޭން ނުފެންނަކަމަށް 59 ގައުމަކުން ވަނީ ވޯޓްދީފައެވެ.

















ޚިޔާލު