ރާއްޖޭގެ ޚަބަރު

ރާއްޖެއަށް ބޭނުންވަނީ ޝެއިޚް އިލްޔާސް ފަދަ އިޚްލާސްތެރި ޢިލްމުވެރިން: ޑރ ޝަހީމް

ޝެއިޚް ޢިމްރާން،ޝެއިޚް އިލްޔާސް އަދި ޑރ. ޝަހީމް އަދާލަތު ޕާޓީގެ ކޮންގްރެސްގައި | ދިއިސްލާމް ފޮޓޯ،އަފްރާހް

ރާއްޖެއަށް ބޭނުންވަނީ ޝެއިޚް އިލްޔާސް ފަދަ އިޚްލާސްތެރި ޢިލްމުވެރިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ވިދާޅުވެއްޖެެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ޝެއިޚް އިލްޔާސް ހާޒިރުކުރުވި ވާހަކައަށް އިޝާރާތް ކުރައްވާ ޑރ ޝަހީމް ވިދާޅުވީ "ހައްޤު ބަސްފުޅު ވިދާޅުވުމުގަ ޝެއިޚް އިލްޔާސް ކުރެއްވި ހިތްވަރަށް ހެޔޮ ޖަޒާ ދެއްވާށި. ރާއްޖެއަށް ބޭނުންވަނީ ޝެއިޚް އިލްޔާސް މެން ފަދަ އިޚްލާސްތެރި ޢިލްމުވެރިން. ކެރިގެން ބަސް ވިދާޅުވާ ބޭފުޅުން"ކަމަށެވެ.
ޝެއިހް އިލްޔާސް ކޮމިޓީއަށް ހާޒިރުކުރީ މާލޭގެ ފުރުޤާން މިސްކިތުގައި މިއަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު ޝެއިހް އިލްޔާސް ދެއްވި ދީނީ ދަރުސެއްގައި ޤާނޫނުލް އުޤޫބާތުގެ ބިލް ދިރާސާ ކުރެއްވި ކޮމިޓީގެ މެންބަރުންނަށާއި، އެބިލަށް ނިސްބަތްކޮށް ﷲ ގަންދީ ހުވާކޮށް ދޮގު ވާހަކަތަކެއް ދެއްކެވި ކަމުގެ ތުހުމަތުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *