ރާއްޖޭގެ ޚަބަރު

ޝައިޚް އިލްޔާސް މަޖިލީހަށް ހާޒިރު ވުމަށް ހަމަޖެހިފައިވާ ގަޑި އަވަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޤާނޫނުލް ޢުޤޫބާތު ދިރާސާކުރާ ވަގުތީ ކޮމިޓީއަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ޙުސައިން ހާޒިރުވުމަށް ކުރިން ހަމަޖެހިފައިވާ ގަޑި އަވަސްކޮށްފިއެވެ.

އަދާލަތު ޕާރޓީއިން ހާމަކުރިގޮތުގައި މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ޝައިޚް އިލްޔާސް ޤާނޫނުލް ޢުޤޫބާތު ދިރާސާކުރާ ވަގުތީ ކޮމިޓީއަށް ޙާޟިރުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންގާފައިވާކަމަށެވެ. އަދާލަތު ޕާރޓީއިން އިތުރަށް ހާމަކުރިގޮތުގައި، މީގެ ކުރިން މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ޢަދާލަތު ޕާޓީ އޮފީހަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ 15 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ޝައިޚް އިލްޔާސް ކޮމިޓީއަށް ޙާޟިރުވުމަށްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤާނޫނުލް ޢުޤޫބާތު ދިރާސާކުރާ ވަގުތީ ކޮމިޓީގެ މެންބަރުންގެ ތައުލީމީ ފެންވަރުގެ މަޢުލޫމާތުތައް ކުރިން އެދިފައިވާ ވަގުތަށްވުރެ އަވަހަށް، ކޮމިޓީގެ ބައްދަލުވުން ފެށުމުގެ 240 މިނެޓު ކުރިން ފޮނުވުމަށް ޢަދާލަތު ޕާޓީއިން ވަނީ އަލުން މަޖިލީހުގައި އެދިފައެވެ. ކުރިން ޢަދާލަތު ޕާޓީއިން އެދިފައިވަނީ 15 ވަނަ ދުވަހުގެ ހެނދުނު 10:00 މިނެޓުގެ ކުރިން ކޮމިޓީގެ މެންބަރުންގެ ތައުލީމީ ފެންވަރުގެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށެވެ.

ކީރިތި ޤްރުޢާން ހިތުދަސް ބޭފުޅެއްކަމުގައިވާ ޝައިޚް އިލްޔާސް ހުސައިން އަކީ އިންޑިޔާގެ ގުޖުރާތު އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢާ ފަސްޓް ޑިގްރީ ޙާސިލްކޮށް، މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮލީ ޤްރްއާން އެންޑް އިސްލާމިކް ސްޓަޑީޒް އިން ފަސްޓް ޑިގްރީ ޙާސިލުކުރައްވާފައި ހުންނެވި ބޭފުޅެއްކެވެ.

އަދި ޝައިޚް އިލްޔާސް އަކީ ދިވެހި ރާއްޖޭގެ އިސްލާމިކް ފިޤްހު އެކަޑެމީގެ މެމްބަރެއްގެ އިތުރުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްވެސް މެއެވެ.

އަދާލަތުޕާޓީ އިން މަލިލިސް އަށް މިގޮތަށް ސިޓީއެއް ފޮނުވުމުގެ ކުރިން ރައްޔިތުންގެ މަޖްލިސް އިން ވަނީ ގާނޫނުލް އުގޫބާތުގެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ކަމަށް ބުނެ މިމަހުގެ 15 ވަނަ ދުވަހު އަދާލަތު ޕާޓީގެ ޢިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ރައްޔިތުންގެ މަޖްލިސް އަށް ހާޒިރުވުމަށް ވެސް އަންގާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *