އިސްލާމިކް މިނިސްޓްރީއަށް ނޭނގި ބައެއް ޖަމިއްޔާތަކާއި ޖަމާއަތް ތަކުން މުދަލު ޒަކާތުގެ ފައިސާ ނަގަމުންދާ ކަމަށާއި މި މައްސަކަ ބަލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ބައެއް ޖަމިއްޔާ އާއި ޖަމާއަތް ތަކުން މުދަލު ޒަކާތް ނަގަމުންދާކަން މިނިސްޓްރިއަށް އެނގިފައިވާ ކަމަށެވެ. އަދި މުދަލު ޒަކާތު ފައިސާ ބަލައިގަންނަ ކަމަށްބުނެ އިޝްތިހާރުކޮށްފައިވާ ބައެއް ލިޔުންތައް ވެސް ފެނިފައިވާ ކަމަށާއި މުދަލު ޒަކާތަކީ ދައުލަތަށް ދައްކަން ޖެހޭ އެއްޗެއް ކަމަށާއި، މުދަލު ޒަކާތް ނެގުމުގެ ހުއްދަ ޖަމާއަތަކަށް ވެސް ޖަމިއްއާއަކަށް ވެސް މިނިސްޓްރީން ދީފައި ނުވާނެ ކަމަށެވެ.
މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއަށް ނޭނގި ބައެއް ޖަމިއްޔާތަކާއި ޖަމާއަތް ތަކުން މުދަލު ޒަކާތުގެ ފައިސާ ނަގަމުންދާ މައްސަލަ ބަލާނަން ކަމަށާއި އަދި މިކަން ހިނގަމުންދާ ގޮތެއް މިހާރު ވެސް ބަލަމުން ގެންދާ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، ސަރުކާރުން ފިޔަވާ އެއްވެސް ފަރާތަކުން މުދަލު ޒަކާތުގެ ފައިސާ ނަގައިދޭ ކަމަށް ބުނެ މުދަލު ޒަކާތުގެ ފައިސާ ނަގަން އުޅުނު ނަމަވެސް އެފަދަ އެއްވެސް ފަރާތަކަށް މުދަލު ޒަކާތުގެ ފައިސާ ނުދެއްކަން މިނިސްޓްރީން އިލްތިމާސް ކުރާކަމަށެވެ.

















ޚިޔާލު