ރާއްޖޭގެ ޚަބަރުއަރަބިދުނިޔެ

އުމްރާއަށްދާ ބޭފުޅުންނަށް އިލެކްޓްރޯނިކް ވިސާ ހެއްދޭނެ ނިޒާމެއް ތައާރަފްކޮށްފި

ދިވެހި ޙައްޖުވެރިން މިނާގައި 1433 | ފޮޓޯ: ދިއިސްލާމް

އުމްރާއަށްދާ ބޭފުޅުންނަށް އިލެކްޓްރޯނިކް ވިސާ ހެއްދޭނެ ނިޒާމެއް ތައާރަފްކޮށްފިއެވެ.

މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މިދިޔަ ހުކުރު ދުވަހު ހައްޖު މިނިސްޓަރ ބަންދަރ ހައްޖާރް ވިދާޅުވިގޮތުގައި "އުމްރާއަށްދާ ބޭފުޅުންނަށް މިހާރު އިންޓަނޭޝަނަލް އީ-ނެޓްވޯކެއްގެ ދަށުން އިލެކްޓްރޯނިކް ވިސާ ހެއްދޭނެ"ކަމަށެވެ.

މި ނިޒާމުގެ ދަށުން އުމްރާއަށްދާ ބޭފުޅުން އެންމެ ފުރަތަމަ އެކަމަށް ހަމަޖެހިފައިވާ އެޖެންޓެއް މެދުވެރިކޮށް އީ ފޯމެއް ފުރުމަށްފަހު އުމްރާގެ ފައިސާގެ އަދަދު ދައްކަންޖެހެއެވެ. މި އީ-ފޯމުގައި އެބޭފުޅަކަށް ލިބިދޭންޖެހޭ ހިދުމަތްތައް ހިމެނިފައިވެއެވެ.

ވިސާ ފޯމުތައް މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް އަށް ލިބޭތާ 48 ގަޑިއިރުގެ ތެރޭގައި އިޝޫކޮށް އެބޭފުޅަކަށް އެމްބަސީއަށް ވިސާ ސްޓޭމްޕް ޖެހުމަށް އެންގެއެވެ. އަދި އެބޭފުޅަކު އުމްރާއަށް ވަޑައިގަތުމުން އެމީހަކަށް ލިބިދޭންޖެހޭ ހިދްމަތްތައް ލިބިދޭކަމާއި އުމްރާ ނިމުމަށްފަހު އެބޭފުޅެއްގެ ވިސާ ހަމަވާ ދުވަހު އެބޭފުޅަކު ފުރާތޯ ބަލާ މޮނީޓަރ ކުރެވިގެންދާނެކަމަށް މިނިސްޓްރީ އޮފް ހައްޖްއިން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *