ރާއްޖޭގެ ޚަބަރު

ހަށިވިއްކުމުގެ ވިޔަފާރީގައި ރާއްޖޭގައި ކުޑަކުދިން ބޭނުން ކުރޭ: އާޒިމާ

ހަށިވިއްކުމުގެ ވިޔަފާރީގައި ރާއްޖޭގައި ކުޑަކުދިން ބޭނުން ކުރަމުން ކަމަށް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ޖެންޑާ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ "ހަށިވިއްކުމުގެ ވިޔަފާރީގައި ރާއްޖޭގައި ކުޑަކުދިން ބޭނުން ކުރަމުން އަންނަ މައްސަލަ ވަރަށް ބޮޑަށް އިތުރުވަވަމުންދާ"ކަމަށެވެ. އެގޮތުން "އާމްދަނީ ހޯދުމުގެ ބޭނުމުގައި އެ އުމުރުގެ ކުދިން ތަންތަނަށް ފޮނުވައިގެން ޖިންސީ އެދުން ފުއްދައިދޭ، ސެކްސް ވޯކާސް ގެ ގޮތުގައި ބޭނުން ކޮށް ބައެއް ފަރާތްތަކުން އާމްދަނީ ހޯދަމުން އަންނަ" ކަމަށާއި "ހަށިވިއްކާ ތަންތަނުގައި ވެސް ކުޑަކުދިން ގެންގުޅުން އާންމުވެފައިވާ ކަމަށް" މިނިސްޓަރު އާޒިމާ ޝުކޫރު ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ "ލިޔެވިފައިވާ އެއްބަސްވުން ހަދައިގެން ބޮޑެތި މީހުންނަށް އަމިއްލަ ދަރިން ވިއްކައިގެން އުޅޭ މައިންބަފައިން މި މުޖްތަމައުގައި އެބަތިބި. މިއީ ލަދުންގަންނަޖެހޭ އެކަމަކު ތެދު ހަގީގަތް،" ކަމަށާއި "މިއީ މިހާރު ރާއްޖޭގައި ގިނަވަމުން އަންނަ ކަމެއް. މިކަމުގެ ނުރައްކާތެރިކަން ވަނީ އިތުރަށް ބޮޑުވެފައި. ވުމާއެކު، މިކަމަށް ހޭއަރައި ނުރައްކަލުން ސަލާމަތް ވުމަށް ބޮޑެތި މަސައްކަތްތަކެއް އަވަސް ގޮތެއްގައި މިހާރު މިވަނީ ކުރަން ޖެހިފައި،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ އަނިޔާ ލިބޭ ކުދިންގެ ނިސްބަތަކީ ރާއްޖެ ފަދަ އާބާދީއަކާ އަޅާ ބަލާއިރު ކަންބޮޑުވާން ޖެހޭ އަދަދެއް ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *