ރާއްޖޭގެ ޚަބަރު

ޙައްޤު ނޫން ގޮތުގައި، މީހުން މެރުން ހުއްޓުމަކަށް ގެންނަން ޖެހޭ: ޝައިހް އިމްރާން

މަރާލެވިފައިވާ މީހުންގެ ޙައްޤުގައި ބޭއްވި އެއްވުގައި ޝެއިޚް އިމްރާން ވާހަކަދައްކަވަނީ - ދިއިސްލާމް ފޮޓޯ: އަސްވާގް

ރާއްޖޭގައި ދީނީ، ސިޔާސީ ކަންތަކާ އަދި އެނޫން ގޮތެއްގައިވެސް ޙައްޤު ނޫން ގޮތުގައި، މީހުން މެރުން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށް ޢަދާލަތު ޕާރޓީގެ ރައީސް އައްޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދާ ދިނުމަށާއި އެ ފަރާތްތަކުގެ ޝަރީއަތް އަވަސް ކުރުމަށް ގޮވާލާ ގައުމީ ހަރަކާތުން އިއްޔެ ހަވީރު އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އެ ހަރަކާތުގެ އިސް ބައިވެރިއެއް ކަމަށްވާ ޝެއިޙް އިމްރާން ވިދާޅުވީ، ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ އެތައް ބަޔަކު ޙައްޤު ނޫންގޮތުގައި މަރާލެވިފައިވަނީ، ވަރަށް ވެސް ނުތަނަވަސް ވަގުތެއްގައި ރާއްޖެ ދަތުރުކުރަމުން ދަނިކޮށް ކަމަށާއި ރާއްޖޭގެ މުޅިމަޝްރަޙު ސިޔާސީގޮތުން ވަރަށް ހަލަބޮލިވަމުން ދިޔަ ވަގުތެއްގައި ކަމަށެވެ. އަދި މިހުރިހާ ހަލަބޮލިމަމެއްގައި މިދިޔަ އަހަރު އަނިޔާވެރިކޮށް އަވަހާރަކޮށްލެވުނު، މަރްޙޫމް ޑރ. އަފްރާޝިމް ޢަލީ އަވަހާރަކޮށްލެވިފައިވަނީ ސީދާ ދީނީ، ސިޔާސީ ބޭނުމަކަށްޓަކައި ގުޅިގެންކަމަށް ޝެއިޚް ވިދާޅުވިއެވެ.

"މިއަދު ރާއްޖޭގެ ޙާލަތު އޮތްގޮތުން، މި މަރުތައް ނުވަތަ އަނިޔާވެރިގޮތެއްގައި މަރާލެވުން ހުއްޓިގެން ދާނީ އެކަމަށް ޙައްޤު އަދަބު ދެވިގެން. އެކަމަށް ޙައްޤު ޙުކުމް ކަނޑައެޅިގެން. އެކަމަށް ޙައްޤު ޙުކުމް ތަންފީޒުކުރެވިގެން. އަދި އެކަން ކުރެވޭނެކަމަށް އަޅުގަނޑަށް ފެންނަނީ މިކަމުގައި ދިވެހިރައްޔިތުން ވަރުގަދައަށް ސާބިތުކަމާއިއެކު ތިބެ، އަޑު އުފުލައިގެން" ކަމަށް ޝެއިހް އިިމްރާމް ވިދާޅުވިއެވެ.

ޝެއިހް އިިމްރާމް އިތުރަށް ވިދާޅުވީ، އެކަން ކުރުމަށް ދަޢުލަތުގެ މުޢައްސަސާތަކަށް ދަތިތަކެއް ނުވަތަ ގޮންޖެހުންތަކަކާއި ހުރަސް ތަކެއް ކުރިމަތިވެފައިކަމަށެވެ. އަދި ބައެއް ސިޔާސީ ފަރާތްތަކުން ދަޢުލަތުގެ މުޢައްސަސާތަކުގެ ކުރިމަތީގައި "ބޮޑެތި ފަރުބަދަ" ތައް ފަދައިން ހުއްޓިފައިކަމަށްވެސް ޝެއިހް ވިދާޅުވިއެވެ. އެހެން ކަމުން ދަޢުލަތުގެ މުޢައްސަސާތަކަށް އެއްބާރުލުން ދޭންވީ ދިވެހި ރައްޔިތުންކަމަށެވެ.

ޝެއިޙް ވިދާޅުވީ މިމަރުގެ މައްސަލަތައް ނިންމުމަށްޓަކައި އެންމެ ފުތަރަމަ އިލްތިމާސް ކުރަންޖެހެނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ އަރިހުންކަމަށާއި އެގޮތުން ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި "ދީނާއި ދިވެހި ޤައުމަށްޓަކައި" ޖިނާޢި އިޖުރާތުގެ ބިލް އަވަހަށް ފާސްކޮށްދެއްވާ ނިންމާދެއްވުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ވީއެންމެ އަވަސް މުއްދަތެއް ތެރޭގައި ހެއްކާ ބެހޭ ޤާނޫން ނިންމާ ދެއްވުމަށްވެސް އިލްތިމާސް ކުރައްވާފައިވެއެވެ.

މިރޭގެ އެއްވުމުގައި ޝެއިޚް އިމްރާން ވަނީ، މަރުގެ ތަޙުޤީގުގައި ދިވެހި ފުލުހުން ވަރަށް ހިއްވަރުކުރައްވާ ވަރަށް ބާރު މިނެއްގައި އެތަޙުޤީގުތައް ނިންމާ ޕީޖީއާ ހަވާލްކޮށްދެއްކަމަށްޓަކައި ދިވެހިފުލުހުންނަށް ޝުކުރުދަންނަވާފައިވެއެވެ.

ފޮޓޯ: މަރާލެވިފައިވާ މީހުންގެ ޙައްޤުގައި ބޭއްވި އެއްވުން

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *