ރާއްޖޭގެ ޚަބަރު

ނޭކުރެންދޫގައި އަލަށް އަޅާ ހުކުރު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފި

ފޮޓޯ: ރައީސް އޮފީސް

ނޭކުރެންދޫގައި އަލަށް ޢިމާރާތް ކުރަން ހަމަޖެހިފައިވާ ހުކުރު މިސްކިތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އަޅުއްވައިދެއްވައިފިއެވެ.

ރައީސް ވަޙީދު ހދ. އަތޮޅު ގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި،
ނޭކުރެންދޫ ހުކުރު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު، ރައީސް ދެއްކެވި ވާހަކަފުޅުގައި، އެރަށުގައި މިސްކިތެއް ޢިމާރާތް ކުރުމަށް ވަރަށް ބޮޑަށް މަޖުބޫރުވެފައިވާ ކަމަށާއި، މި މިސްކިތް ޢިމާރާތް ކުރައްވަނީ، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ އެހީގެ ތެރެއިން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ރަށެއްގައި އަޅުގަނޑުމެން އުޅުނަސް، ކޮންމެ މަސައްކަތެއް ކުރިޔަސް އަދި ކޮންމެ ޕާޓީއެއްގައި އުޅުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަމާއި، އަޅުގަނޑުމެންނަކީ މުސްލިމުންކަން ދަންނަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *