ރައީސުލްޖުމްހޫރިއްޔާ ޑރ ވަޙީދު، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ.
ރައީސްގެ މިދަތުރުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން، ހަނިމާދޫ ހައުސިންގ ޔުނިޓްތައް ހަވާލުކުރެއްވުމާއި، ވައިކަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށްޓަވައިދެއްވާނެއެވެ. އަދި ނޮޅިވަރަންފަރުގެ ހައުސިންގ ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވުމަށްވެސް މިދަތުރުފުޅުގައި ހަމަޖެހިފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބައިވެރިވެވަޑައިގަންނަވައެވެ.

















ޚިޔާލު