ރާއްޖޭގެ ޚަބަރު

ސްޕްރިޗުއަލް ހީލާސް އޮފް މޯލްޑިވްސްއިން މުރައިދޫގައި ވޯކްޝޮޕެއް ބާއްވަނީ

Spiritual Healers of maldives workshop

ސްޕްރިޗުއަލް ހީލާސް އޮފް މޯލްޑިވްސްގެ ފަރާތުން މުރައިދޫގައި ވޯކްޝޮޕެއް ކުރިއަށްދާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

ހއ މުރައިދޫ ކައުންސިލްގެ އެދުމުގެ މަތިން ސްޕްރިޗުއަލް ހީލާސް އޮފް މޯލްޑިވްސްގެ ފަރާތުން މުރައިދޫގައި ވޯކްޝޮޕް ކުރިއަށް ގެންދަނީ "ސިހުރާއި ޖިންނި ޝައިތާނުންގެ ބަލިތަކުން ސަލާމަތްވާނެ ގޮތް" މިމައުލޫއަށް ކަމަށް ސްޕްރިޗުއަލް ހީލާސް އޮފް މޯލްޑިވްސް އިން ހާމަ ކުރައްވައެވެ. އެޖަމިއްޔާއިން ހާމަކުރައްވާ ގޮތުގައި މިވޯކްޝޮޕްއަކީ ހއ މުރައިދޫ ކައުންސިލުން އިސްނަގައިގެން ސްޕްރިޗުއަލް ހީލާސް އޮފް މޯލްޑިވްސް އާއި ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕް އެއްކަމަށާއި ވޯކްޝޮޕް ފަށާފައިވަނީ ރޭ ބޭއްވި އާންމު ފޯރަމްއަކުންކަމަށާއި ވޯކްޝޮޕް ކުރިއަށް ދާނީ މާދަމާގެ ނިޔަލަށްކަމަށެވެ. ސްޕްރިޗުއަލް ހީލާސް އޮފް މޯލްޑިވްސްގެ ފަރާތުން މިވޯކްޝޮޕް ހިންގުމަށް ހއ މުރައިދޫއަށް ވަޑައިގެންނެވީ އެޖަމިއްޔާގެ ރައީސް އަޖްނާދު ޢަލީ އާއި އައްޝައިޚް އަލީ އިބްރާހިމް ކަމަށާއި މިވޯކްޝޮޕްއަށް ހއ މުރައިދޫއިން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ސްޕްރިޗުއަލް ހީލާސް އޮފް މޯލްޑިވްސް އިން ހާމަކުރެއެވެ.

ދެ ދުވަހުގެ މުއްދަތަށް ހއ މުރައިދޫގެ 37 ބައިވެރިންނާއި އެކު ކުރިއަށް ދާ މިވޯކްޝޮޕްގައި ސިހުރާއި ޖިންނި ޝައިތާނުންގެ ބަލިތަކުގެ މައުލޫމާތުގެ އިތުރުން ތައުހީދު ކިޔަވައިދޭކަމަށް ވޯކްޝޮޕް އިންތިޒާމް ކުރާ ފަރާތުން ހާމަކުރައްވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *