މަޖިލީހުން ދިރާސާކޮށް ޢާއްމުންގެ ޚިޔާލު ހުށައެޅުމަށް ޢާއްމުކޮށްފައިވާ، ޤާނޫނުލް އުޤޫބާތުގެ ބިލުގެ ދެލިކޮޕީ އާމެދު ޚިޔާލު ހުށަހެޅުއްވުމަށް ވަގުތު ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީ އިން މިއަދު ރައްޔިތުންގެ މަޖިލިހަށް ސިޓީއަކުން އެދެފިއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އާއި ފިޤުހު އެކަޑަމީގެ މެމްބަރުން، ޤާނޫނުލް އުޤޫބާތު ދިރާސާ ކުރަމުން ދާތީ ވަގުތު ދިނުމަށް އެދި މިއަދު ރައްޔިތުންގެ މަޖިލިހަށް ސިޓީއަކުން އެދެފައިވާކަމަށާއި މިހެން އެދެން ޖެހުނީ މަޖިލީހުން މިކަމަށް ކަނޑައަޅާފައިވާ ވަގުތު މާދަމާ އަށް އަވަސް ކުރުމާ ގުޅިގެންކަމަށެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު އާންމުންގެ ހިޔާލަށް ހުޅުވާލި ގާނޫނުލްއުގޫބާތުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާގޮތަށް މަޖިލީހުން ނިންމުމާ ގުޅިގެން ޖަމިއްޔަތުއް ސަލަފުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށް މިއަދު ސަލަފުން ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމި ނިންމުމުގެ އަޑީގައި ފޮރުވިފައިވަނީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް ބެލުމެއްނެތި، ރާއްޖެއިން އިސްލާމީ ޝަރީޢަތުގެ ކަންކަން ފަނޑުކުރުމަށް ކުރެވެމުންދާ ހީލަތްތެރި ރޭވުންކަމުގައި ނޫނީ ނުބެލެވޭނެ ކަމަށެވެ.
ރައްޔިތުން މަޖިލިހުން ބުނީ، ޤާނޫނުލް އުޤޫބާތުގެ ބިލުގެ ދެލިކޮޕީއާމެދު ޚިޔާލު ހުށަހެޅުއްވުމުގެ މުއްދަތު އަވަސްކޮށްފައި ވަނީ މި ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެކިފަރާތްތަކުން އެދެމުން ދާތީކަމަށެވެ.
މީގެ 7 އަހަރު ކުރިން ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޤާނޫނުލް އުޤާބާތުގެ ބިލް ދިރާސާ ކުރުމަށް ފަހު މަޖިލީހުން އާންމުކޮށްފައިވާއިރު، އެ ބިލުގައި މަރުގެ އަދަބު ލުއިކުރާނެ އުސޫލުތަކާއި އެންމެ ދިގު މުއްދަތަށް ޖަލުގައި ހުކުމް ތަންފީޒު ކުރެވޭނީ 11 އަހަރު ކަމަށް ބަޔާންކޮށްފައި ވެއެވެ. މިގޮތުން އެ ބިލުގައި މަރުގެ އަދަބާ ބެހޭ ގޮތުން ބުނެފައި ވަނީ އެނގި ހުރެ، މީހަކު މަރައިފި މީހާ އެ ކުރަނީ ކުށެއް ކަމަށާ އަދި ފަރުވާލެއް ނެތި ކުރާ އަމަލަކުން މީހަކު މަރުވުމަކީ ޖިނާއަތުގެ ސުން (0) ދަރަޖައިގެ ކުށެއް ކަމަށެވެ.


















ތިކަން ތިގޮތަށް ކުރެވޭނީ ތިކަން ކުރަން ބޭނުންވާ ބަޔަކު މިތަނަށް އަދި ދުވަހަކުންނޭ ނުބުނެފިއްޔާ ކިތަންމެހާ ވެސް ރަގަޅެވެ. މާތް ﷲ މި ޤަޥްމުގައި އިސްލާމް ދީން ދަމަހައްޓަވާށިއެވެ. އާމީން.
ތިވާނީ އަލިފުދާލުން އަންގައިގެން އަވަހައްނެގީކަމަށް ރައްޔިތުންނޭ އިސްލާމީޝަރިއަތްތަންފީޒުކުރުމަށް ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ ތެދުވަމާހިގާށެވެ. މަޖިލީހުގައި އިން ހަމައެކަނި ދީނުގެ ބަހެއްބުނެލަން އެގޭބޭފުޅަކަށް އިންބޭފުޅާވެސް ބަޔަކުރާވައިގެން މިފަދަ ބިލްތަށް ހަދަމުންދާތީވެ ޝަހީދުކޮށްލާފިއެވެ. މިހަމަރާވައިގެން ކޮށްފައިވާ ކަމެއްކަމަށްފެނެއެވެ.