
ޢަދާލަތު ޕާރޓީއަށް މެމްބަރުން އިތުރު ކުރުމުުގެ ގޮތުން ބޭއްވި ޖަލްސާއެއްގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަސްވާގު
ޢަދާލަތު ޕާޓީގައި 10،000 މެންބަރުން ހަމަވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީއަށް އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އަދާލަތު ޕާޓީން ފޮނުވާފައިވާ ފޯމްތަކާ އެކު 10،000 ވުރެ ގިނަ މެންބަރުން އެ ޕާޓީގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާނެ ކަމަށާއި އެކަން ޢަދާލަތު ޕާޓީ އަށް މިއަދު ހެނދުނު އަންގާފައިވާނެ ކަމަށެވެ.
ޢަދާލަތު ޕާޓީގެ ތަރުޖަމާން އަދި އިސްލާމިކް މިނިސްޓަރު ޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ޢަދާލަތު ޕާރޓީއަށް މިއަދު 10،000 މެމްބަރުން ހަމަވެފައިކަމަށެވެ. އަދި ޢަދާލަތު ޕާރޓީއިން ހުށަހަޅާފައިވާ ޖުމްލަ 11،500 ފޯމްގެ ތެރެއިން 10،600 ފޯމް މިއަދާ ހަމައަށް ރެޖިސްޓްރީ ވެފައިވާކަމަށް މަޢުލޫމާތުލިބޭކަމަށެވެ.
"މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން 10،600 މެމްބަރުން މިއަދާ ހަމައަށް ރެޖިސްޓްރީވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ. މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އަދިވެސް ފޯރމްތައް އަތޮޅޫތަކުން ލިބެމުން އަންނަނީ. އިންޝާ ﷲ އަދިވެސް މެމްބަރުން ދާނީ ކުރިޔަށް. އިންޝާ ﷲ ތިޔަ ލޮބުވެތި މެމްބަރުން ކޮށްދެއްވި އަގުހުރި، މަތިވެރި ޚިދުމަތައް ޝުކުރުދަންނަވާ ހެޔޯ ދުޢާ ރައްދުކުރަން" ޢަދާލަތު ޕާޓީގެ ތަރުޖަމާން ޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ބިލް މަޖިލީހުން މިއަދު ދެ ވަނަ ފަހަރަށް ފާސްކޮށްފި ނަމަ، ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، އެ ބިލް ތަސްދީގުކުރައްވަން ރައީސަށް ޖެހިވަޑައިގަންނަވާނެ އެވެ. އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން، 10،000 މެމްބަރުން ހަމަކުރަން ޕާޓީތަކަށް ތިން މަސް ދުވަސް ލިބެ އެވެ.

















ﷲ ސުކުރު ކުރަން
10،000 މެންބަރުން ހަމަކޮށްދެއްވުމަށް ޢަދާލަތު ޕާރޓީ އަށް ގުޅިވަޑައިގެންނެވި އެއްމެހާ ބޭފުޅުންނަން މާތް ﷲ ހެޔޮ ދަރުމަ ދެއްވަވާށި! އާމީން..
ﷲއަށް ހަމްދުހުރި، ވަރަށް ވަރަށް އުފާވެއްޖެ،
އަލްޙަމްދު ލިﷲ!
ﷲ އަކްބަރް……..
ﷲ ޢަށް ޙަމްދުހުރިއެވެ.