ރާއްޖޭގެ ޚަބަރު

ހދ. ކުޅުދުއްފުށީ ޤުރުއާން މުބާރާތް ފަށައިފި

ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިއަދު ހެނދުނު ދަރިވަރަކު ކިޔަވަނީ | ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިއަދު ހެނދުނު ދަރިވަރަކު ކިޔަވަނީ | ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިއަދު ހެނދުނު ދަރިވަރަކު ކިޔަވަނީ | ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހދ. ކުޅުދުއްފުށީ ކައުންސިލް އިން އިންތިޒާމްކޮށްގެން ބާއްވާ "ކުޅުދުއްފުށީ ޤުރުއާން މުބާރާތް" މިއަދު ހެނދުނު ފަށައިފިއެވެ.

83 ދަރިވަރުންނާއެކު ފެށުނު މި މުބާރާތަކީ ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި ބާއްވާ އަތޮޅު މުބާރާތުގައި ތަމްސީލުކުރާނެ ދަރިވަރުން ނެގުމަށް ބާއްވާ މުބާރާތެއްކަމަށް މަޢުލޫމާތުލިބެއެވެ. އަފީފުއްދީން ސްކޫލުގެ ހޯލުގައި ފެށުނު، މި މުބާރާތުގެ ހެނދުނު ދަންފަޅީގައި ކިޔަވާފައިވަނީ 24 ދަރިވަރުންނެވެ. އަދި މެންދުރު ދަންފަޅީގައި 20 ދަރިވަރުން އަދި ބާކީ ތިބި 39 ދަރިވަރުންގެ ކިޔެވުން މާދަމާ އޮންނާނެކަމަށް ކުޅުދުއްފުށީ އޮންލައިން އިން މަޢުލޫމާތުދެއެވެ.

މި މުބާރާތުގައި ހދ. ކުޅުދުއްފުށީގެ 5 ސްކޫލުގެ އިތުރުން 3 ޤުރުއާން ކުލާހަކުން ދަރިިވަރުން ވަނީ ބައިވެރިވެފައެވެ. މިގޮތުން ހދ. ކުޅުދުއްފުށީ، ރިއޯ ޤްރުއާން ކުލާހާއި، އެރަށު މައިޒަން ޤުރުއާން ކުލާހާއި ސަފާޔާ ޤުރުއާން ކުލާހުގެ ދަރިވަރުން ވަނީ މިމުބާރާތުގައި ބައިވެރި ވެފައެވެ. އަދި ހދ. ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 2 އުމުރު ފުރާއިން 15 ކުދިން ބައިވެރިވެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *