ރާއްޖޭގެ ޚަބަރު

މުޒާހަރާ ކުރާތީ މަޖީދިއްޔާގެ ގުރުއާން މުބާރާތް ވެސް ކެންސަލް

މަޖީދިއްޔާ ސުކޫލް | ފޮޓޯ: ދިއިސްލާމް
މަޖީދިއްޔާ ސުކޫލް: މުޒާހަރާ ކުރާތީ ކުދިންނަށް ކިޔަވައި ނުދެވިގެން މިއަދު ވަނީ ގެއަށް ވެސް ފޮނުވާލާފައި | ފޮޓޯ: ދިއިސްލާމް

މަޖީދިއްޔާ ސުކޫލް: މުޒާހަރާ ކުރާތީ ކުދިންނަށް ކިޔަވައި ނުދެވިގެން މިއަދު ވަނީ ގެއަށް ވެސް ފޮނުވާލާފައި | ފޮޓޯ: ދިއިސްލާމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށްކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލާ އެމްޑީޕީން މިއަދު ސޯސަން މަގުގައި ކުރި މުޒާހަރާ އާއި ގުޅިގެން އުނދަގޫވެގެން މަޖީދިއްޔާ ސްކޫލްގައި މިއަދު ބާއްވަން އޮތް ގުރުއާން މުބާރާތް ވެސް ކެންސަލްކޮށްފިއެވެ.

މަޖީދިއްޔާ ސްކޫލްގެ އިސް އޮފިޝަލަކާ ހަވާލާދެއްވާ، އޮންލައިން ނޫހެއް ކަމަށްވާ އެމްވީޔޫތު އިން ބުނެފައިވަނީ އެމްޑީޕީ އިން މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގެ ސަބަބުން ކިޔަވާދިނުމަށް އުނދަގޫވެގެން މަޖީދިއްޔާ ސްކޫލްގެ ކުދިން ގެއަށް ފޮނުވާލާފައިވާކަމަށާއި މިއަދު ބާއްވަން އޮތް ގުރުއާން މުބާރާތް ވެސް މިހަރު ކެންސަލްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މުޒާހަރާތަކުގެ ސަބަބުން ސްކޫލުގެ ދަރިވަރުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ހުތުރުބަހުން މުއާމަލާތުކޮށް އަޑުގަދަކުރުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުނަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ސްކޫލްގެ އިސް އޮފިޝަލަކު އެމްވީޔޫތު އަށް ދެއްވި އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.

“އަޅުގަނޑުމެންނަށް މައްސަލައަކަށްވީ އަޑު ކުރާތީ، އާއި ހުތުރު ބަހުން އެއްޗެހި ކިޔާތީ، އޭގެ ސަބަބުން ކިޔަވާ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރި، އެހެންވެ މިއަދު ނިންމާފައިވަނީ ކުދިންނަށް ކިޔަވާ ނުދީ ގެއަށް ފޮނުވާލުމަށް، އަޅުގަނޑުމެންގެ ޓީޗަރުން ދައްކާ ވާހަކަ ކުދިނަކަށް އަޑުނީވޭ އަޑުގަދަކަމުން.” ސްކޫލްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިއަދު އެ ސްކޫލު ކައިރި މުޒާހަރާ ކުރަން ފެށީ އެ ސުކޫލުގެ ކުދިންނަށް ޓެސްޓެއް ކުރިއަށްދިޔަ ވަގުތެވެ. އަދި މުޒާހަރާގެ ސަބަބުން ޓެސްޓް ކެންސަލް ކުރަން ޖެހުނުއިރު ކުދިން ބަލާއައުމަށް ބެލެނިވެރިނަށް ސުކޫލްގެ ފަރާތުން އަންގާފައިވެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އޯކޭ ވާނެ ރައީސް ނަޝީދުގެ ޙިމާޔަތުގައެއްނު، އެމަނިކުފާނަށްވުރެ މުޤައްދަސް އެއްވެސް އެއްޗެއް ކަމެއް އެމް ޑީ ޕީގެ ބައެއް މީހުންނަކަށް ނޯންނާނެ.

Your email address will not be published. Required fields are marked *