ރާއްޖޭގެ ޚަބަރު

ގިނަ އަދަދެއްގެ ސްކޫލުކުދިން ބަނގުރާބޯ ކަމަށް ދިރާސާއަކުން ދައްކައިފި

ކުރީގެ ރައީސް ނަޝީދު އުޅުއްވި މުލިއާގެއިން ފެނުނު ބަނގުރާފުޅިތައް--ފޮޓޯ: އިބްރާހިމް އަޝްވާޤް
ކުރީގެ ރައީސް ނަޝީދު އުޅުއްވި މުލިއާގެއިން ފެނުނު ބަނގުރާފުޅިތައް--ފޮޓޯ: އިބްރާހިމް އަޝްވާޤް

ކުރީގެ ރައީސް ނަޝީދު އުޅުއްވި މުލިއާގެއިން ފެނުނު ބަނގުރާފުޅިތައް--ފޮޓޯ: އިބްރާހިމް އަޝްވާޤް

ރާއްޖޭގައި އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ސްކޫލު ކުދިންގެ ތެރެއިން ފަސް ޕަސެންޓް ކުދިން ބަނގުރާ ބޯކަމަށް ދިރާސާއަކުން ދައްކާފައިވާކަމަށް މިނިސްޓަރ އޮފް ހެލްތް ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް ކުރި ދިރާސާގެ ރިޕޯޓް ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމްޝީދު ވިދާޅުވީ ސްކޫލު ކުދިންގެ މެދުގައި 2009 އަހަރު ދިރާސާއެއް ހެދި ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފަސް ޕަސެންޓް ކުދިން ބަނގުރާ ބޮއިފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި ތަކުރާރުކޮށް އެ ކުދިން ބަނގުރާ ބޮއިފައިވާ ކަމަށް ވެސް ދިރާސާއިން ދައްކާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރޭޑާސް ހޮޓެލްގައި އޮތް މި ރަސްމިއްޔާތުގައި، ޖަމްޝީދު އިތުރަށް ވިދާޅުވީ އުމުރުން 3 އަހަރާއި 15 އަހަރުގެ އެ ކުދިންގެ ތެރެއިން 77 ޕަސެންޓް ކުދިން 14 އަހަރު ފުރުމުގެ ކުރިން އަލަށް ބަނގުރާ ބޯން ފަށައެވެ. އަދި ހަމަ އެ އުމުރުފުރާގެ ނުވަ ޕަސެންޓް ކުދިން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި، ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް ކުރި ދިރާސާގެ ރިޕޯޓަށް އިޝާރާތް ކުރައްވައި ޖަމްޝީދު ވިދާޅުވީ މިކަމަށް އަވަސް ހައްލެއް ނުހޯދައިފިނަމަ ޒުވާނުންނަށް ހުރި ގެއްލުން ބޮޑު ކަމަށާއި މިއީ ގައުމުގެ ކުރިމަގަށް ވެސް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ.

ޖަމްޝީދު ވިދާޅުވީ ދުންފަތާއި ބަނގުރަލަކީ މަސްތުވުމަށް ހުޅުވޭ ދޮރެއްކަން ވެސް އެންމެންނަށް އެނގޭ ކަމަށާއި އެކަމަކު އެކަން ހުއްޓުވުމަށް މާބޮޑު މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.

ޓްރޭޑާސް ހޮޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ނެޝަނަލް ޑްރަގް އެޖެންސީން ނެރުނު މި ދިރާސާގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި އުމުރުން 15-64 މީހުންގެ ތެރެއިން 7،500އެއްހާ މީހުން މަސްތުވާތަކެތި ބޭނުންކުރެ އެވެ.

ގުޅުންހުރި

6 ޚިޔާލު

  1. ރާއެތެރެކުރުން ހުއްޓާލާނެ ވެރިއަކަށް މިފަހަރު ވޯޓްދެވޭނީ އަނގަބަހުން ބުނެގެނެއް ގަބޫލެއްނުކުރެވޭނެ ކޯޓްމެދުވެރިކޮށް ލިޔުމުން އެގެންވާނެ ރައްޔިތުންނަށް މީކޮންމެހެން ކުރަންވެއްޖެކަމެއް ރާ އެތެރެކުން ހުޓާލަން މިވަރަށް މިކަންދާކަމަށް ވަނީނަމަ މިގައު މުގެ ބޮޑުބަަޔަކީ ރަލާއި، މަސްތުވާތަކެތިބޯމީހުންނަށް ވުން ވަރަށްގާތް ސަރުކާރަށް ގޮވާލަން ރާ އެތެރެކުން ހުއްޓާލުމަށް، މަޖިލީހަށް ގޮވާލަން ރާ އެތެރެ ކުރުން މަނާކުރާނެ ބިލެއް ފާސްކުރުމަށް

  2. ބޯނެތާ، ގައުމުގެ ވެރިަކން ކުރި މީހާގެ ގެއިންވެސް ނެރުނީ ބަނގުރާ ކޭސްތައް ވިއްޔަ. ބޮޑު ސޯބު އެނބުރޭގޮތަކަށް ކުދިސޯބު އެނބުރޭނެ

  3. ބޯހަލާކު، ހިތްހަލާކް، ގައުމުވެސް ހަލާކު………. ފަހުން ރަގަޅުވާނެ އިންްްްޝާﷲ……

  4. ނަމުގައި އިސްލާމް ކިޔާފަ މީޙުންގެ އަބުރާ އިއްޒަތަށް ހުތުވާ ގޮތަށް ހަބަރުތައް ގެނެސްދިނުން މިއީ ކިހާވަރެއްގެ ނުބައި ކަމެއްކަން ސާފުކޮށް ދިނުން އެދެން. ޑޮކްޓަރ ޖަމްޝީދުގެ ވާހަކަ ގެނެސްދިންއިރު އެހެން މީހެއްގެ ނަމަށް ނިސްބަތްކޮށް ފޮޓޯއެއް ލުމަކުން ނުފުދޭނެ

  5. ތިއަކަން ހުއްޓުވަން ބޭނުމީވިއްޔާ ހިއްވަރާއި އެކު އަތުގައި ނުހޭކޭނެ ގޮތެއް ހެދުން އޮތީ …. ޓުއަރިޒަމޭ މނޖ ކިޔާނެކަމެއްނެތް ހުރިހާ ރައްޔިތުންވެގެން އަތުގައި ނުހާކާނެ މީހަކު 2013 ގައި ނަގާ ބާރުދީ…. އެފަދަ މީހަކު އެބަހުރިތޯ؟ ގައުމަށްޓަކާ އެފަދަ ކަމެއްކޮއްދޭނެ ދަރިއަކު ހުރީއްޔާ ކުރިއަށް ނުކުނަވާ. ހަމަގައިމުވެސް .. މިވޯޓް ގެޔަގީންކަން ދޭނަން އެފަރާތަކަށް……

  6. ގިޔާމަތް ކައިރިވާވަރަކަށް މިކަހަލަ ކަންކަން ދާނީ ގިނަވަމުން އާއްމުވަމުން. މިކަމަކަށް ހައްލެއް ނުހޯދޭނެ.މިހެން ޣާފިލުވެފަ ތިއްބާ ހޭވެރިކަން ވާއިރު އޮންނާނީ ވަގުތު ފާއިތުވެފައި.

Your email address will not be published. Required fields are marked *