ސ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕޮރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި ސ. މަރަދޫ ތެވެލި، އަލީ ޖަޒްލާން (20އ) ގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު 25 ވަނަ ދުވަހު، ލައިސަންސް ނެތި ސައިކަލް ދުއްވި މައްސަލައާއި ގުޅިގެން މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފުލުހުންގެ މީހާ މަރާލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދިން މައްސަލައާއި ގުޅިގެންކަަމަށެވެ.
ފުލުހުން އިތުރަށް ހާމަކުރިގޮތުގައި 2012 ނޮވެމްބަރ މަހު 25 ވަނަ ދުވަހު 21:00 ހާއިރު ސ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ބީޓެއް ގަމުގެ ރަށުތެރެ ޕެޓްރޯލްކޮށް ވެހިކަލް ޗެކްކުރަމުން ދަނިކޮށް މީނާ ސައިކަލެއްގައި ދަނިކޮށް ފެނިގެން މަޑުކުރުވައި ޗެކްކުރިއިރު މީނާ އަތުގައި ލައިސަންސް ނެއްކަމަށެވެ. ލައިސަންސް ނެތި ސައިކަލް ދުއްވި މައްސަލައާއި ގުޅިގެން މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފުލުހުންގެ މީހާ މަރާލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދީފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން މީނާގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު 27 ވަނަ ދުވަހު އެވެ.

















ޚިޔާލު