ރާއްޖޭގެ ޚަބަރު

އެމްޑީޕީ އުވާލުމަށް ހިއުމަން ރައިޓްސް އެމްބެސަޑަރު ގޮވާލައްވައިފި

ހިއުމަން ރައިޓްސް އެމްބެސެޑަރު އަހުމަދު އިބްރާހީމް ދީދީ (ސަންދާނު އަހައްމައިދީ) | ދިއިސްލާމް ފޮޓޯ
ހިއުމަން ރައިޓްސް އެމްބެސެޑަރު އަހުމަދު އިބްރާހީމް ދީދީ (ސަންދާނު އަހައްމައިދީ) | ދިއިސްލާމް ފޮޓޯ

ހިއުމަން ރައިޓްސް އެމްބެސެޑަރު އަހުމަދު އިބްރާހީމް ދީދީ (ސަންދާނު އަހައްމައިދީ) | ދިއިސްލާމް ފޮޓޯ

އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކުގައި ޓެރަރިޒަމްގެ އަމަލުތަކާއި ގާނޫނާ ހިލާފު ކަންކަން ހިންގަމުންދާތީވެ، އެ ޕާޓީ އުވާލަން ހިއުމަން ރައިޓްސް އެމްބެސަޑަރު އަހްމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) މިއަދު ގޮވާލައްވައިފި އެވެ.

ވެލާނާގޭ މީޑިޔާ ރޫމްގައި މިއަދު ނޫސްވެރިންނާ ބައްސަލުކުރައްވަމުން ހިއުމަން ރައިޓްސް އެމްބެސަޑަރު އަހްމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) ވިދާޅުވި ގޮތުގައި އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން ބޭއްވި މުޒާހަރާތަކާއި ކުރީގެ ރައީސް ނަޝީދުގެ ދައުވާ ނެގުމަށް ގޮވާލައި މިހާރު ބާއްވާ މުޒާހަރާތުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައި އެބަހުރިކަމަށެވެ. މުޒާހަރާތަކުގައި ފެނިގެން ދިޔަ ފަދައިން، ތަންތަނުގައި ހުޅުޖެހުމާއި މަގުމަތީގައި ހުޅުޖެހުމަކީ ޓެރަރިސްޓް އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމްއަށް މަގުފަހިވާ ޢަމަލްތަކުގެ އިތުރުން ނަޝީދުގެ ދައުވާ އަނބުރާ ނެގުމަށާއި ޝަރުއީ ދާއިރާއަށް ގޮންޖަހައި މުޒާހަރާކުރުމަކީ ވެސް ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް އަހަންމައިދީ ވަނީ ވިދާޅާޅުވެފައެވެ.

އަހަންމައިދީ އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކުރާ ދަޢުވާ އަކީ މިނިވަން މުއައްސަސާއަކުން ހަގީގަތުގައި ކުރާ ދައުވާއެއްކަމަށާއި އެ މުއައްސަސާގެ ބާރު ކަނޑުވާލަން ބަޔަކު ނުވަތަ ޕާރޓީއެއް އުޅޭކަމުގައި ވަނީވިއްޔާ އެ ޕާޓީއެއް ނުވަތަ އެ ބަޔަކު ހިފާ ހައްޔަރުކުރަން ޖެހޭނެ ކަމަށް ބުނެވޭނެކަމަށެވެ. އަދި މިފަދަ ކަންކަމަށް ބަލައި، ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އެމްޑިޕީ ވަކިކޮށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް އިލެކްޝަން ކޮމިޝަން ފުއާދު ތައުފީގަށް، އަހަންމައިދީ ގޮވާލެއްވިއެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު މައްސަލައިގައި އަހަންމައިދީ، ކުރީގެ ރައީސް ނަޝީދު ސިފަކުރެއްވީ މުޖުރިމެއްގެ ގޮތުގަ އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ނަޝީދު އަމިއްލަ ފުޅަށް ބެއްލެވިޔަސް، އެ މައްސަލަ ސާބިތުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު އެމްޑީޕީއިން ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވާތީ އެކަމަށް ފާޑުވިދާޅުވެ އަހަންމައިދީ ވިދާޅުވީ ހާލަތާ ނުބައްދަލު ބާރެއް ފުލުހުން ބޭނުން ނުކުރާ ކަމަށާއި ފުލުހުން އަނިޔާވެރި އަމަލެއް ވެސް ނުހިންގާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގެ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިޔުމަށް ޕްރެޝަރުކުރުމަށް އެމްޑީޕީން މާލޭގައި ކުރި މުޒާހަރާތެރެއިން 15 ފެބްރުއަރީ ގައި، ރައީސުލްޖުމްހޫރިއްޔާގެ ހިއުމަން ރައިޓްސް އެމްބެސެޑަރު އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) އަށް ވަނީ ހަމަލަދީފައެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ހުރިހާ ޕާޓީތަކެއް އުވާލަންވީ…. އިސްލާމީސަރީއަތް ތަންފީޒު ކުރަންވީ……..

  2. ތާއިދު …………….. ތިޔަޕާޓީއަކުން ފިތުނަވެރިކަން، ނުތަނަވަސްކަން، ހުތުރު އމަލުތަށް،ބަލާބޮޑުކުރުން ނޫކަމެއް. އޭރަކުވެސް އަދި މިހާރަކުވެސް ކުރާތަނެއް ނުފެނޭ… ވީމާ އަވަސް ކުރައްވާ…

  3. އަހަރެންނައްވެސް ހަމައެންމެފެންނަ ގޮތަކީ ހުރިހާޕާޓީތަކެއް އުވާލުން ސިޔާސީޕާޓީތައް އެއީ މިގައުމުގެ ހަލާކު ޑިމޮކުރަސީ އެއީ މިގަމުގެ އެންމެ ބޮޑު ދުޝްމަނު މިހުރިހާ ކުފުރުގެ ނިޒާމް ތަކަކީ މި ގައުމައްޖެހިފަ އޮތް އެންމެބޮޑު ވަބާ ޔާﷲ އަޅަމެންނައް ތެދުމަގު ދައްކަވާ ފާނޑޭވެ

  4. އުވާލަންވީ. އޭގެ ކުރިން ބަޤާވާތް ކުރި މީހުންނަށް އަދަބު ދޭންވީ

Your email address will not be published. Required fields are marked *