ރާއްޖޭގެ ޚަބަރު

ބުދަ ދުވަހު، ނަޝީދު ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފި

އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިނާ ވާހަކަފުޅު ދައްކަވަނީ | ފޮޓޯ: ދިއިސްލާމް
އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިނާ ވާހަކަފުޅު ދައްކަވަނީ | ފޮޓޯ: ދިއިސްލާމް

އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިނާ ވާހަކަފުޅު ދައްކަވަނީ | ފޮޓޯ: ދިއިސްލާމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފި އެވެ.

ބުދަ ދުވަހުގެ ހަވީރު 4:00 ގައި ބާއްވަން ހަމަޖެހިފައިވާ ރައީސް ނަޝީދުގެ ޝަރީޢަތަށް ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރެފައިމިވަނީ މިމަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ޝަރީއަތަށާއި މިމަހުގެ 13 ވަނަ ދުވަހު ބާއްވަން އޮތް ޝަރީއަތަށް ވެސް ނަޝީދު ހާޒިރުވެ ވަޑައިނުގަނެ، ހިމާޔަތް ހޯދަން ކަމަށް ބުނެ، ދިވެހިރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ތެރޭގައި "ފިއްލަވާފައި" ވަނިކޮށެވެ.

ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ނެރެފައިވާ މި އަމުރަކީ އިންޑިއާ ހައި ކޮމިޝަނަށް ވަނުމުގެ އަމުރެއް ނޫން ކަމަށް ދިއިސްލާމްއަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ގާނޫނާ ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ އިތުރުން ދައުވާ ކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.

ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކޮށްފައިވާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އަދުލު އިންސާފު ޤާއިމު ކުރުމައްޓަކައި ރައީސުލް ޖުމުހޫރިއްޔާ ޑރ ވަހީދު ޖަސްޓިސް މިންޓްރީ އެއް އުފައްދާ ޖަސްޓިސް މިނިސްޓަރަކު އައްޔަން ކުރަން ފެނޭ، ޖުޑިޝަލް ސާރވިސް ކޮމިޝަންގައި އިންނަވާ ރައީސުގެ މެމްބަރު އެއީ ވަޒީރުލް އަދުލުކަމުގައި ހަމަޖެއްސުން ރަގަޅުވާނެ! އޭރުން ނިގޯޝިއޭޓް ކުރަންޖެހޭ ފަރާތްތަކާއި ނިގޯޝިއޭތް ކުރަން ފަސޭހަ ވެގެންދާނެ! މިހާރު ޖުޑިޝަރީ ތެރޭގައިހުރި ވަރައްގިނަގުނަ މައްސަލތައް ހައްލުވެގެންދާނެ ކަމުގައި ދެކެން!

Your email address will not be published. Required fields are marked *