ރާއްޖޭގެ ޚަބަރު

"މުސްލިމް ޢާއިލާ" ސީރީޒްގެ 4 ވަނަ ފޮތުގެ ދިވެހި ތަރުޖަމާ ނުކުމެއްޖެ

ފޮތުގެ އިސްތިހާރެއް
ފޮތުގެ އިސްތިހާރެއް

ފޮތުގެ އިސްތިހާރެއް

ޑރ. މުޙައްމަދު އަލްޖިބާލީ ލިޔުއްވާފައިވާ "މުސްލިމް ޢާއިލާ" ފޮތްބައިގެ 4 ވަނަ ފޮތްކަމަށްވާOur Precious Sprouts ގެ ދިވެހި ތަރުޖަމާ "މައިންބަފައިންގެ ހިތުގެ މޭވާ" ނުކުމެއްޖެއެވެ.

މިފޮތް ތަރުޖަމާކޮށްފައިވަނީ ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު)، ޝައިޚް މުޙައްމަދު މޫސާ (ނައިފަރު)، ޝައިޚް ޢަލީ ޝަރީފް (ނައިފަރު) އަދި ޝައިޚް ޖަޢުފަރު ފާއިޒުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށް ފޮތް ތަރުޖަމާ ކުރި ފަރާތުން މަޢުލޫމާތުދެއެވެ.

މުސްލިމް ފެމިލީގެ ފުރަތަމަ ތިންފޮތާއި ގުޅޭނޭފަދަގޮތަކަށް، މިފޮތުގައި ބަޔާންކުރެވިފައިވާނީ ކައިވެނީގެ މޭވާ، އެބަހީ؛ ދަރިންނާއި ބެހޭގޮތުންނެވެ. މިފޮތުގައި އިސްލާމީ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އަލަށް އުފަންވާ ކުދިންނާއިމެދުގައި ޢަމަލުކުރަންޖެހޭނެގޮތް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވާނެއެވެ. މީގެތެރޭގައި ދުނިޔެއަށް އުފަންވާ ކުއްޖާއަށް "މަރުޙަބާ" ކިޔުމާއި އެކުއްޖާއަށް ނަމެއްދިނުމާއި އެކުއްޖާގެ ބޯބޭލުމާއި ޚިޠާނުކުރުމާއި ޢަޤީޤާ ކަތިލުމާއި ތަޙްނީކުކުރުމާއި ތުއްތު ދަރިފުޅަށްޓަކައި ރުޤްޔާކުރުމާއި އަދިވެސް ވަރަށްގިނަ މަޢުލޫތައް ހިމެނެއެވެ.

އަލަށް އުފަންވާ ކުއްޖާއަށް ނަން ކިޔުމާއިމެދު ހުށަހަޅާފައިވާ ބައިގައި ކިޔުން އެދެވިގެންވާ ނަންތަކާއި، ކިޔުން ޙަރާމްވެގެންވާ ނަންތަކާއި، ވަނަމުންކިޔުމާއި، އަދި ކުންޔާއާއި ބެހޭގޮތުން ބަޔާންކުރެވިފައިވާނެއެވެ. އަދި ދެ ޖަދުވަލަކުން މިބައި އިތުރަށް ތަފްޞީލުކޮށްދީފައިވެސް ވާނެއެވެ. ފުރަތަމަ ޖަދުވަލުގައި ފިރިހެންކުދިންނަށާއި އަންހެންކުދިންނަށް ކިއިދާނެ ނަންތަކުގެ ލިސްޓެއް ހިމަނާފައިވާނެއެވެ. އަދި ދެވަނަ ޖަދުވަލުގައި ޤުރުއާނާއި ސުންނަތުން ޞައްޙަކޮށް ސާބިތުވާ މާތްﷲގެ 126 އިސްމުފުޅު މާނައާއެކު ހިމަނާފައިވާނެއެވެ.

ޢަޤީޤާއާއިމެދު ބަޔާންކޮށްފައިވާ ބައިގައި އޭގެ ޙުކުމާއި، ކަތިލާންޖެހޭ ޖަނަވާރާއި، އޭގެ މަސް ބަހާނެގޮތާއި، އޭގެ ޖާފަތާއި، އޭގައި އެކުލެވިގެންވާ ޙިކުމަތާއި ޢަޤީޤާއާއިމެދު ފަހުގެ ޢިލްމުވެރިންގެ ފަތުވާތައް ހިމަނާފައިވާނެއެވެ.
ޚިޠާނުކުރުމުގެ ބައިގައި، ޚިޠާނުކުރާނެގޮތާއި، ފިރިހެން ކުދިންނަށާއި އަންހެންކުދިންގެ މައްޗަށްވާ އެކަމުގެ ޙުކުމާއި، އެކަމުގެ ފައިދާތަކާއި، އެކަން ކުރުމުގައި ގޯސްކޮށް ކުރެވޭ ކަންތައްތައް ހިމަނާފައިވާނެއެވެ.
އެހެނިހެން ބައިތަކުގެ ތެރޭގައި، ތަޙްނީކުކުރުމާއި، ތުއްތު ދަރިފުޅުގެ ބޯ ބޭލުމާއި، ކަންފަތް ތޮރުފުމާއި، ގާތުން ދިނުމާއި، އެސްފީނާއިން ތުއްތު ދަރިފުޅު ސަލާމަތްކުރުމާއި، ތުއްތުކުދިންގެ ކުޅެންގެންގުޅޭ ތަކެއްޗާއި، އެކުދިންގެ ފޭރާމާއި، އުފަންދުވަސް ފާހަގަކުރުމާއި، ތުއްތުކުދިންގެ އަޚްލާޤަށް ޓީވީގެ ސަބަބުންކުރާ ނޭދެވޭ އަސަރާއި އަދިވެސް އެހެނިހެން މައްސަލަތައް ހިމަނާފައިވާނެއެވެ.

މިފޮތަކީ ތުއްތު ދަރިފުޅަށްޓަކައި އެދަރިފުޅުގެ ޙަޔާތުގެ ފުރަތަމަ ހަފުތާތަކުގައި މައިންބަފައިން އަދާކުރަންޖެހޭ ކަންތައްތަކުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދޭ ރިފަރެންސް ފޮތެކެވެ. މިފޮތް އަސްރަފީ، ނޮވެލްޓީ، ޗާންދަލިޔާ އަދި ނާރސަރީ ބްކްޝޮޕުން މިހާރު ލިބެން ހުންނާނެއެވެ.

ގުޅުންހުރި

9 ޚިޔާލު

  1. މާޝާއަﷲ. ވަރަށް ބޭނުންތެރި ފޮތެއް. މިއީ ހަމަ މުސްލިމް ކޮންމެ ދެމަފިރިއަކަށްވެސް ބޭނުންތެރި ފޮތެއް. އެއްފޮތަކުން މިހާ ގިނަ މަޢުލޫތަކަށް އަލިއަޅުވާލާފައިވާ މިކަހަލަ ފޮތްތައް ވަރަށް މަދުން ނޫނީ ނުފެނޭ.

  2. މިފޮތުގައިވާ ޤުރުއާނާއި ސުންނަތުން ސާބިތުވާ މާތް ﷲ ގެ 126 އިސްމުފުޅާއި އިސްމުފުޅުތަކުގެ މާނަ މިއީ ވަރަށް ގިނަ މީހުން ބޭނުންވާ އެހެނަސް ވަރަށް ނުލިބޭ މަޢުލޫމާތު ތަކެއް. މިފޮތުގައި އިސްމުފުޅުތައް ހިމެނުމުން މިއީ މީހުންނަށް ވަރަށް ފައިދާ ވާނޭ ކަމެއް އިންޝާއަﷲ.

  3. ދަރިންނަކީ މާތްﷲ އިންސާނަކަށް ދެއްވާ ވަރަށް ބޮޑު ނިޢުމަތެއް. ވީމާ ދަރިން ލިބުމުން އެކުދިންނާމެދު ޢަމަލުކުރަން ދީނުގައި އަންގަވާފައިވާ ގޮތް އެނގުމަކީ ހަމަ ކޮންމެ މުސްލިމަކަށް ވަރަށް މުހިއްމު ކަމެއް. މިފޮތުގައި ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރިންނާއި އުފަންވުމަށްފަހު އެކުދިންނާމެދު ޢަމަލުކުރަންވީގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައިވޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ!

  4. ވަރަށް ބޭނުންތެރި ފޮތެއް. “ކުޑަ ދަރިފުޅު ޝައިޠޯނާގެ ކިބައިން ސަލާމަތްކުރުން” މި ބާބު ވަރަށް ބޭނުންތެރި. އަދި އެހެން ބާބުތައްވެސް ހަމަ އެހާ ބޭނުންތެރި. ކުޑަ ދަރިފުޅަށް ރުޤްޔާ ކުރުމާ ރުޤްޔާއިން ލިބެންވާ މަންފާތަކަށް ހުރަސްއަޅާ ކަންތައް ބަޔާންކޮށްދީފައިވުމުން މިއީ މައިންބަފައިންނަށް ބޭނުންތެރި ފޮތެއް. އަހަރެން ނުދަންނަ ވަރަށްގިނަ މައުލޫމާތު މިފޮތުން ލިބިއްޖެ. ޝުކުރިއްޔާ!

  5. ވަރަށް މުހިއްމު ފޮތެއް.

  6. މައުލޫމާތުގެ ގޮތުން ވަރަށް މުއްސަނދި ބޭނުންތެރި ފޮތެއް. މާޝާއަﷲ. ހަމަ ކޮންމެ ދެމަފިރިއަކަށްވެސް މުހިއްމު ފޮތެއް.

  7. ދަރިންނަކީ މައިންބަފައިންގެ ހިތުގެ މޭވާ، ކައިވެނީގެ މޭވާ، ލޮލުގެ ފިނިކަން. ދަރިންނާމެދު ކަންތައްކުރަންޖެހޭގޮތް އެނގުމަކީ ހަމަކޮންމެ މުސްލިމަކަށްވެސް ބޭނުންތެރިކަމެއް. މިފޮތުން ވަރަށް ގިނަ މައުލޫމާތު ލިބިއްޖެ. ޝުކުރިއްޔާ!

  8. މާޝާﷲ… މިއީ ވަރަށް ބޭނުންތެރި ެަދި އެހާމެ ފައިދާ ކުރަނިވި ފޮތެއް.

  9. ފޮތުގަ އަރަބިބަހުން ބަސް ލިޔެފަ ހުރުމުން ފަހުމެއް ނުވާނެ މިހާރުގެ ސޮސައިޓީ އަކަށް

Your email address will not be published. Required fields are marked *