ރާއްޖޭގެ ޚަބަރު

އުމުރުން ދުވަސްވީ މީހަކު މަރުވެފައި، ފެންވަޅެއްގައި އޮއްވައި ފެނިއްޖެ

 

ހދ.ކުޅުދުއްފުށީގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި، ފެންވަޅެއްގައި އޮއްވައި ފެނިއްޖެއެވެ.

މިއަދު ހަވީރު 17:15 ހާއިރު ހދ.ކުޅުދުއްފުށީ ގެއެގެތެރޭގައި ހުރި ވަޅަކަށް ވެއްޓި މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 78 އަހަރުގެ ފިރިހެނެކެވެ. މަޢުލޫމާތު ލިބޭގޮތުގައި ކުޅުދުއްފުށީ ނިއުމާގެ، ޙަސަން އަބޫބަކުރު (އާބަކުރު ޙަސަނު) ވަޅަށް ވެއްޓިފައި އޮއްވައިފެނިފައިވަނީ ފެންވަރަށް ގިފިއްޔަށްވަދެ ލަސްވެގެން ބެލުމުންނެވެ. ވަޅަށް ވެއްޓިފައި އޮތީ އެކޮޅު ކޮޅުން ކަމަށާއި ބޮލަށް އަނިޔާވެފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މީނާ ހދ.ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތުދީފައިވެއެވެ. މިމައްސަލަ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *