ރާއްޖޭގެ ޚަބަރު

މަޖިލިސް މެމްބަރު އާޒިމް އާއި ނާޝިޒް ކޯޓަށް ހާޒިރުކުރުމަށް އަމުރެއްނެރެފި

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް (ކ) މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި (ވ) |ފޮޓޯ: މަޖިލިސް

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް (ކ) މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި (ވ) |ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމަށް ސިވިލްކޯޓުން އަމުރެއްނެރެފިއެވެ.

ނާޝިޒް އާއި އާޒިމް ކޯޓަށް ހާޒިރުކުރުމަށް އަންގާފަވަނީ މާދަމާ 1:30 ގައެވެ. އަދި ކޯޓަށް ހާޒިރު ކުރުމަށް އަންގާފައިވާ ވަކި ސަބަބެއް އެނގިފައެއް ނުވެއެވެ. ނަމަވެސް ވާހަކަ ދެކެވޭ ގޮތުގައި އެމީހުން ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރެވުނީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދައްކާ މައްސަލާގައެވެ.

ފުލުހުންބުނީ އާޒިމްއާއި ނާޝިޒްގެ މައްޗަށް ނެރެފައިވާ ކޯޓަށް ހާޒިރުކުރުމުގެ އަމުރު ތަންފީޒް ކުރުމަށް ކުރަންޖެހޭ ކަންތައްތަށް ކުރަމުން ގެންދާކަމުގައެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ އެ މީހެއްގެ މެންބަރުކަން ގެއްލޭނެ އެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މިހާރު މިޤައުމުގައި މިއޮތްމަޖިލިހަކީ ދިވެހިރާއްޖޭގެ ތާރީހުދުއް އެންމެ ނުބާނުލަފާ މެންބަރުންތިބި މަޖިލިސް. އެގޮތުން ރައްޔިތުންގެ ލޮލުކުރިމަތީގައި ރައްޔިތުންގެ މުދާހަލާކު ކުރަނީ ހަޑިހުތުރުވެގެން ނުގޮވާގަ އަވަގުރާނައެއްނެތް އެތްބަޔަކު އަނެބަޔެއްގެ އަނބުރަށާއި ގަޔަށްބޮލަށް އަރަނީ ރައްޔިތުންގެ ފައިސާ މިވެރިން ހިތުހުރިވަރަކަށް ނަގަނީ ގާނޫނުތަކާއި ގަވައިދުތައް މިވެރިން ސަލާމަތްވާނެ ގޮތަށް ހަދާނަގަނީ. އަދިނުވިތާކަ ގިނަމެންބަރުންނަކީ ތާފާތު ތުހުމަތުގެ އިނގިލި ދިއްކުރެވޭ މެންބަރުން އެގޮތުން މީހުންގެ އަނބިގެ … ވާހަކަ ސޯސަލުމީޑިޔާގައި ބަރަހަނާވާ ވާހަކަ ބަނގުރާބޯވާހަކަ ރައްޔިތުންގެ މުދާ ކުރެޑިޓަށްނަގާފައި ފައިސާނުދައްކާ ވާހަކަ ކުޑަކުދިންނާއި ބެހޭވާހަކަ މިހެންގޮސް ކިޔާނެކަމެއްނެތް. މިމަޖިލިހަކީ ދިވެހިރައްޔިތުންނަށް ޖެހިފައިވާ ބޮޑުމުސީބާތެއް މިމުސީބާތުން ސަލާމަތް ކޮށްދެއްވާތޯ ހުރިހާ ރައްޔިތުން މާތްﷲގެ ހަޒުރަތަށް ދުޢާދައްނަވާ. ޔާﷲ މަޖިލީހުގެ މެންބަރުގެ ފުށުން އަޅުގަނޑުމެން ރައްޔިތުންނަށް ޖެހިފައިވާ މުސީބާތުން އަޅަމެން ސަލާމަތް ކޮށްދެއްވާށި އަދި މިބައިމީހުންގެ ކުރަމުންގެން ކުށްތަކުގެ ސަޒާ ދެދުނިޔޭގައި ވެސް އެބައިމީހުންނަށް ދެއްވާށި އާމީން

Your email address will not be published. Required fields are marked *