
ފުވައްމުލަކު ޗަކަ ބިމެއް: ފުވައްމުލަކު ޗަކަ ބިމުގައި ބަނގުރާ ކައްކަން ތިބި 4 މީހަކާއި 2 ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި | ފޮޓޯ: މުހައްމަދު ސިފާހް ސަޢީދް
ފުވައްމުލަކު ޗަކަ ބިމުގައި ބަނގުރާ ކައްކަން ތިބި 4 މީހަކާއި 2 ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މަޢުލޫމާތުދޭ ގޮތުގައި މި މީހުން ހައްޔަރު ކުރެވުނީ ޕޮލިސް އިންޓަލިޖަންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އިއްޔެ ހަވީރު ހިންގި އޮޕަރޭޝަންގައި ފުވައްމުލަކު ޗަކަ ބިމުގައި ބަނގުރާ ކައްކަން ތިއްބައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޢުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއި 16 އަހަރުގެ ފިރިހެން ކުއްޖަކާއި 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްގެ އިތުރުން 30 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލައާއި ގުޅިގެން 4 މީހުންނާއި 2 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފަހުރި 500 އެމް.އެލްގެ ފުޅިއަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތަކާ އެކުގައެވެ.
ބަނގުރާ ބުއިމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކާއި ސިޔާސީ ދާއިރާގެ އިތުރު ބަޔަކާއި އާންމުންގެ ބަޔަކު ފުލުހުން ވެސް މިމަހުގެ 15 ވަނަ ދުވަހު ފަޅުރަށަކުން ވަނީ ހައްޔަރުކޮއްފަ އެވެ.
ދިވެހި ރާއްޖޭގައި އިންސާނުން ކާނެ ބޯނެ އެއްޗެއް ނެތިގެން ބަނގުރާ ކައްކައިގެން ބޮއި ހަދަނީ، ދައުލަތުގެ ވަލިއްޔުލް އަމުރު ކޮބައިތޯ؟ މިބައި މީހުނަށް ހަލާލު ރިޒުޤު ހޯދި އާމްދަނީ ލިބޭނެ މަގެއް ދައުލަތުން ފަހިކޮއްދޭން ވެއްޖެ ނުންތޯ!
15 އަހަރު އެއީ ކުޑަ؟؟ އެއީ ބޮޑެތި ވެފަ ތިބި ފިރިހެނުން ހުސް.. ކުޑަ ކުދިންނޭ ކިޔާފަ ދޫ ކޮއްލާ ދެން!!!!