މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ގޮސް އުޅުނު ދިވެހި ޙައްޖުވެރިޔަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.
ސަޢޫދީގައި ތިބި "ދިއިސްލާމް"ގެ ޓީމުން ބުނީ ސިސިލްފަރު ޙައްޖު ގްރޫޕްގެ ޙަވާލުގައި ޙައްޖަށް ދިޔަ ގ. ލިސާން ސާރާ އާދަމް ފެނުނީ މީގެ ކުޑައިރުކޮޅެއް ކުރިން މައްކާގެ ޙަރަމްފުޅުގެ ތެރެއިން ކަމަށާއި އޭނާގެ ޙާލު ރަނގަޅު ކަމަށެވެ. ސާރާ ފެނުނީ ސިސިލްފަރު ގްރޫޕްގެ ދެވަނަ އިންޗާޖް އިބްރާހީމް މަނިކަށެވެ.
ސާރާ ގެއްލުނީ އިއްޔެ ހަވީރު އަރަފާތު ބިމުގައި އުޅެނިކޮށް ކަމަށް "ދިއިސްލާމް" ޓީމުން ބުންޏެވެ.
އިއްޔެގެ ހަވީރުން ފެށިގެން ރާއްޖޭގެ ޙައްޖު މިޝަނާއި ސަޢޫދީގައި ކިޔަވާ ދިވެހި ކުދިންނާއި އެހެން ޖަމާޢަތްތަކާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސާރާ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

















ޢަރަފާތުބިމުން ފެށިގެން ހިނގާފައައިތާ.؟؟ތިޔަވާނީ ވަރަށް ފަރިތަ ބޭފޫޅަކަށް. ހަތްފަހަރު މައްކާއަށް 7 ފަހަރު ވަޑައިގަތް ބޭުފުޅަކު ޓީވީން ވިދާލުވީ މައްކާގައި ޢިދުނަމާދު ހާމަތަނެއްގައި ނުކުރެޔޯ! މީހުންގެ ހޭލުންތެރިކަން ކުޑަވަރު އެނގި ހާއިރާންވޭ. އިސްލާމްދީނުގެ ތެދު ސައްޙަ މައުލޫމާތު ދިވެއްސަކަށްވީތީވެސް ދަސްކުރުން މުހިއްމު.
އަލްހަމްދް ލިއްލާހް
الحمد لله
އަލްޙަމްދުލިﷲ