
މީޑިއާތަކުން ކުރިއަށް ގެންދިއަ “މިސްކިތް ފަންޑު ޓެލެތޯން” ގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު
އިންސާނާއަކީ އަބަދުވެސް ކުށްކުރެވޭ މީހަކަށްވީހިނދު އިންސާނާ އަބަދުވެސް ހުންނަންޖެހޭނީ ތައުބާވުން މަތީގައިކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފ. ދަރަނބޫދޫގައި މިދިޔަ ބުރާސްފަތު ދުވަހު ގެ ރޭ ޖަމިއްޔަތުއް ސަލަފުން ބޭއްވި ދަރުސް ގައި ވާހަކަ ދައްކަވަމުން ޝެއިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވީ ބައެއް މީހުން ތައުބާވުން ފަސްކުރާ ކަމަށާއި މީސްތަކުންގެ މަލާމާތް ރައްދުވުމާއި، މީސްތަކުންގެ ކުރިމަތީގައި ތިމާގެ ޖާހާއި ޝަރަފް ގެއްލިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައިވެސް ތައުވާބުން ފަސްކުރާކަމުގައި ފާހަގަކުރެވޭ ކަމަށެވެ. އަދި މިދަރުސްގައި ތައުބާވުމުގެ މުހިންމުކަމާއި ގުޅޭގޮތުން އަލިއަޅުވާލައްވަމުން ޝައިޚްވަނީ ތައުބާގެ ދަރުމައާއި ޘަވާބާއި ތައުބާވުމުގެ ފައިދާތަކާއިގުޅޭގޮތުން ވަރަށް ތަފްޞީލްކޮށް ވާހަކަފުޅު ދައްކަވާފައެވެ. އޭގެއިތުރުން ބައެއް މީހުން ތައުބާވުން ފަސްކުރާ ސަބަބުތަކަށް އަލިއަޅުވާ ލައްވަމުން ބައެއްމީހުން ދެވަނަ ފަހަރަށް އެފާފައަށް އަރައިގަނެވިދާނެތީއޭ ބުނެ ތައުބާވުން ފަސްކުރާކަމުގައިވެސް ވިދާޅުވިއެވެ.
ދަރުސް ނިންމާލުމަށްފަހު ހާޒިރީންގެ ސުވާލުތަކަށް ޝެއިޚް ސަމީރު ވަނީ ޖަވާބު ދެއްވާފައެވެ.
ޖަމިއްޔަތުއް ސަލަފާއި ފ. އަތޮޅުގެ ޒުވާނުން ގުޅިގެން އެއަތޮޅުގެ ބައެއް ރަށްރަށުގައި މިމަހު 16 އިން 24 އަށް ދަރުސްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިދަރުސްތަކަށް ހުރިހާ ރަށަކުންވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
















ައަޅެ ޖަމްޢިއްޔަތުއް ސަލަފުން ލ. އަތޮޅު ހިތަދޫގައި ދީނީ ދަރުސެއް ބާއްވަބަލަ! މުޅި ރަށުގެ އިޖުތިމާއީ ފޭރާން އެއޮށްގެން ހަލާކުވަނީ!! ދީނީގޮތުން އެހާ ތަންދޮރު ކުޑަ!!
މާލެގައި ސަމީރުގެ ދަރުސެއް ބާއްވައި ދެއްވުން ވަރަށް ބޮޑަށްއެދެން