ރާއްޖޭގެ ޚަބަރު

ދ.މީދޫގައިވެސް މިއަހަރު ފިޠުރު ޢީދު ނަމާދު ހުސްބިމުގައި ކޮށްފި

މާފަންނު ސްޓޭޑިއަމްގައި އޮގަސްޓް 19، 2012 ވަނަ ދުވަހު ފިތުރު އީދު ނަމާދު ކުރުން-- ފޮޓޯ ދިއިސްލާމް: އިބްރާހިމް އިޝާން

މާފަންނު ސްޓޭޑިއަމްގައި އޮގަސްޓް 19، 2012 ވަނަ ދުވަހު ފިތުރު އީދު ނަމާދު ކުރުން-- ފޮޓޯ ދިއިސްލާމް: އިބްރާހިމް އިޝާން

ދ.މީދޫގައި 1433 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު އެރަށު ބަނދަރު މަތީގައި ކޮށްފިއެވެ.

ދ.މީދޫ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޝާހިދު ވިދާޅުވީ ހުސްބިމެއްގައި ޢީދު ނަމާދު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާތީ އަދި މިކަން ކުރުމަށް އެރަށުގެ ހަރު މީހުންނާއި ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުމާ އެކު ބަނދަރު މަތީގައި ޢީދު ނަމާދު ކުރީކަމަށެވެ.

އެރަށު ބަނދަރުމަތީގައި ސަތަރި އަޅައިގެން މިއަދު ކުރި ފިޠުރު ޢީދު ނަމާދު ގައި 800 އެއްހާ މީހުން ބައިވެރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި

10 ޚިޔާލު

  1. ސާބަހޭ ދަރިންނޭ..!! ތީ ދިވެހިންނަކީ..!! ވަޅުޖަހާފައިހުރި މިފަދަ ސުންނަތްތައް ދިރުވައި އާލާ ކުރަންވީ..!!! ދ. މީދޫ ރައްޔިތުންނަށް މާތް ﷲހެޔޮ ޖަޒާ ދެއްވާށި..!! އާމީން..!!!

  2. ﷲ އަކްބަރު. ވަރަށް އުފާވެރި ޚަބަރެއް. ޖަޒާކުމުﷲ ޚައިރާ

  3. އާދެ!ކޮއްމެ ކަމެއްވެސްވާނީ ހަރުމީހުނާއި ޚާއްޞަކޮށް ޒުވާނުން އެކަމެއްގާ ޝާމިލްވިމިންވަރަކުން. ދ.މީދޫގެ ލޮބުވެތިރއްޔިތުން ރަސޫލާގެ ސުންނަތް ދިރުވުމުގާ ދެއްކެވި ސާބިތުކަމަށް ހަމަ ސާބަސް.

  4. އަލްޙަމުދުލިﷲ، މާޝާﷲ ވަރަށް ރިވެތި މަންޒަރެއް. ޓީވީ ހުޅުވާލިތަނާ މަންޒަރު ފެނުމުން އުފަލުންގޮސް ލޮލުން ކަރުނައައި، ކުރެވުން އިޙުސާސްތައް ބުނެދޭންވެސް ނޭނގޭ، ލޮލަށް ސިފަވެގެންދިޔައީ މައްކާގައި ﷲގެ ގެފުޅަށް މުސްލިމުން ޖަމާވަމުންދާ މަންޒަރު، މުސްލިމުންގެ އެއްބައިވަންތަކަމާއި ދީނީއަޤީދާގެ ވަރުގަދަކަން އިޙުސާސްކުރެވުނު. ކުރިއައްއޮތްތަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިސުންނަތް ދިރުވާ އާލާކުރެއްވުން އެދެން. ޔާﷲ މިކަން ރާވާ އިންތިޒާމުކުރި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާ ދެއްވާށި. އާމީން.

  5. ްާއާމީން.

  6. މިއަހަރުގެ ފިތުރު އީދް ދުވަހަކީ އަދި މިހާތަނަށް އެއްމެ އުފާވެރި ފިތުރު އީދު ދުވަސް. ދިވެހިންނަކީ رسول الله صلى الله عليه وسلم ކޮއްމެ ހަދީސް އެއްވެސް އެބައި މީހުންނާއި ހަމަޔަށް ރަންގަޅަށް ފޯރު ކޮއްދީފިނަމަ އެބައި މީހުން އޭގައި ހިފާނެ ބައެއް ކަން މިޔަދު ދިވެހިން ސާބިތު ކޮއްދީފި.

  7. ސާބަހޭ! ސާބަހޭ! ދ މީދޫ ރައްޔިތުންނަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށި! އާމީން. ރާއްޖޭގެ އެހެން ރަށް ރަށުގެ ރައްޔިތުންވެސް ދ މީދޫ ރައްޔިތުން ނަމޫނާ އަކަށް ބެލުމަށް (ޢީދު ނަމާދު ސުންނަތާ އެއްގޮތަށް ކުރުމަށް މަސައްކަތް ކުރުމަށް) ގޮވާލަން

  8. މާޝާ ﷲ…

  9. މާޝާﷲ

  10. އަޅުގަނޑުމެންނަކީ މިފަދައިން ﷲ އަށް އަޅުވެތި ވާ ބައެއް ކަމުގައި ލައްވާށިއެވެ.!

Your email address will not be published. Required fields are marked *