
ނޫރުލްއިސްލާމް ޖަމްޢިއްޔާގެ 3 ވަނަ އަހަރީ ޤުރުއާން މުބަރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން ޝައިޚް އިލްޔާސް ޙުސައިން ވާހަކަފުޅުދައްކަވަނީ – ފޮޓޯ : އައްޑޫ އޮންލައިން
އިންޑިއާގެ މަޝްހޫރު ދާޢީ ޑރ. ޒާކިރު ނައިކަކީ ޔަހޫދީންގެ އެޖެންޓެއް ކަމަށް ބުނެ ބައެއް މީހުން ދައްކަމުންދާ ވާހަކަތަކަށް ޝައިޚް އިލްޔާސް ޙުސައިން ރައްދު ދެއްވައިފި އެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހިންގާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "ނޫރުލްއިސްލާމް" ގެ 3 ވަނަ އަހަރީ ޤުރުއާން މުބަރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު އެ އަވަށުގެ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ޑރ. ޒާކިރަކީ އިސްލާމްދީނަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުންދާ ބޭފުޅެއް ކަމަށާއި ޒާކިރުގެ ދަޢުވަތުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު އިސްލާމްދީނަށް ވަންނަމުންދާ ކަމަށެވެ.
އިސްލާމްދީނުގެ ފުރިހަމަކަން ބަޔާންކޮށް ދެއްވުމާއެކު، ބާޠިލް ދީންތަކުގެ ފޮތްތަކުގައި ހުރި ބާޠިލް ވާހަކަތައް ބަޔާންކޮށް ދެއްވުމަށް ޑރ. ޒާކިރު ކުރައްވަމުންދާ މަސައްކަތްތައް ޝައިޚް އިލްޔާސް ފާހަގަކުރެއްވި އެވެ.
އެހެންކަމުން، ޑރ. ޒާކިރަކީ ޔަހޫދީންގެ އެޖެންޓެއް ކަމުގައި ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ޝައިޚް އިލްޔާސް ވިދާޅުވި އެވެ.
ޑރ. ޒާކިރު ނައިކުގެ ކޮންމެ ދަރުސެއްގައި އެތައް ބަޔަކު ދަނީ އިސްލާމްވަމުންނެވެ. އިސްލާމްދީނަށް ދަޢުވަތު ދިނުމުގެ މައިދާނުގައި ޒާކިރު ނައިކަކީ ދުނިޔޭގެ ފެންވަރުގައި އަގުހުރި ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
















ޔަހޫދީން އެންމެ ޖެހިލުން ވަނީ މީހުންގެ ލޯބިލިބިފައިވާ ދީނީ ޢިލްމު ވެރިންދެކެ، ޔަހޫދީން ދެކް ބިރުނުގަންނަ އެއްވެސް ޖެހިލުން ނުވާ ބަޔަކީ ވެސް ދީނީ އިލްމުވެރިން، ދީނީ އިލްމުވެރިން ނާއި ރައްޔިތުން ދުރުކޮށް ނަފުރަތު އުފައްދަން ޔަހޫދީން ފިތުނަވެރި ވާހަކަދައްކާނެ، ޔަހޫދީންނަކީ ނަބީބޭކަލުން ނާއި އިލްމުވެރިން ޤަތުލުކުރި މީހުން އެވަރުގެ ބަޔަކު އެއީ ދޮގުވާހަކަ ދައްކާ މުޖުތަމައު ފަސާާދަކުރުމުގެ ހުނަރުވެސް ހުންނަބަޔެއް،
ޑރ. ޒާކިރު ނައިކް އަކީ މުސްލިމުންގެ ލޯބި ލިބިފައިވާ މީހެއް….
ތިވާހަކަ ދައްކާ މީހުން ދެން ބުނެފާނެ ޝެއިޚް އިލްޔާސަކީވެސް ޔަހޫދީ އޭޖެންޓެކޭ.
މި އާޓިކަލް އަދި ފުރިހަމައެއް ނުވެއެއްނުން.
ކާކުތަ ބުނީ އެއީ ޔަހޫދީ އެޖެންޓެކޭ؟
ނަޝް ތިބުނީ ތެދެއް. ޝެއިޚް އިލްޔާސް ރައްދު ދިނީ ކާކަށް ކަމާއި، ކީއްވެގެންކަން އެނގުން މުޙިންމު.