އިސްލާމިކް މިނިސްޓްރީން ދީނީ ދަރުސް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ އެއްވެސް ދީނީ ޢިލްމުވެރިއަކު ފުވައްމުލަކުގައި ދީނީ ދަރުސް ދިނުން އެއަތޮޅުގެ އެއްވެސް އަވަށު ކައުންސިލަކަށް މަނާ ނުކުރެވޭނެ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ބުނެފި އެވެ.
އެކައުންސިލުގެ ނައިބު ރައީސް ޢަބްދުﷲ މުޙައްމަދު ވިދާޅުވީ އެމްޑީޕީގެ ތިން މެންބަރުން ހިމެނޭ މާދަޑު ކައުންސިލުން އެއަވަށުގެ މިސްކިތްތަކުގައި ޝައިޚް އިލްޔާސް ޙުސައިންގެ އިތުރުން ބައެއް އެހެން ޢިލްމުވެރިންނަށް ދަރުސް ދިނުން މަނާކޮށްފައި ވަނިކޮށް ބުރާސްފަތި ދުވަހުގެރޭ އެއަވަށު މަސްޖިދުލް އިނާރާގައި ދަރުސް ބޭއްވީ އަތޮޅު ކައުންސިލުގެ އެއްބާރުލުމާއެކުގައި ކަމަށެވެ.
އަދި އަވަށު ކައުންސިލްތަކަށް އެކަން މަނާ ނުކުރެވޭނެކަން މާދަޑު ކައުންސިލަށް އަންގާފައިވާނެ ކަމަށްވެސް ޢަބްދުﷲ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ދަރުސް ދިނުމުގެ ހުއްދަ ދީފައިވާ ޢިލްމުވެރިންނަށް ފުވައްމުލަކުން މަރުޙަބާ ކިޔާނެ ކަމަށްވެސް އަތޮޅު ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން މިފަދައިން ބުނެފައިވާއިރު، މިއަދު ހޯދަޑު މަސްޖިދުލް ފަލާޙްގައި މިއަދު އަސްރު ނަމާދަށް ފަހު ބާއްވަން އުޅުން ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަށް އެރަށުގެ އެމްޑީޕީ ބަޔަކު ހުރަސް އެޅުމުގެ ސަބަބުން އެދަރުސް ވަނީ ކެންސަލްކޮށްފަ އެވެ.
އެ ދަރުސަށް ހުރަސް އެޅުމަށްޓަކައި ދަރުސް ބޭއްވުމުގެ ކުރިން އެމްޑީޕީގެ ކައުންސިލަރުންނާއި އެޕާޓީގެ އެކްޓިވިސްޓުން މިސްކިތުގެ ކައިރީގައި ހުރި ގެތަކުގައި ލައުޑް ސްޕީކަރު ހަރުކޮށް، އެ ސަރަހައްދަށް އެއްވެ އަޑުއުފުލާ ހަދާފައިވެ އެވެ.
މާދަޑު ކައުންސިލުން ދާދި ފަހުން ބުނެފައި ވަނީ ޝައިޚް އިލްޔާސްގެ އިތުރުން، އިސްލާމިކް މިނިސްޓަރ ޝައިޚް ޝަހީމް އަށާއި ސްޓޭޓް މިނިސްޓަރ ޝައިޚް މުޙައްމަދު ދީދީ އަށާއި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ އަށް އެއަވަށުގެ އެއްވެސް މިސްކިތެއްގައި ދަރުސް ދިނުމުގެ ހުއްދަ އެކައުންސިލުން ނުދޭނެ ކަމަށެވެ.
ރާއްޖޭގެ އެހެން ރަށް ރަށުގައި ވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކާއި އެޕާޓީގެ އެކްޓިވިސްޓުން ގުޅިގެން އެކި ފަހަރު މަތިން ދީނީ ދަރުސްތަކަށް ހުރަސްއަޅާފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ދަރުސްތަކަށް ހުރަސްއެޅުމަށް މަސައްކަތްކުރަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުންކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކައުންސިލްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އެއްވެސް އަވަށު ކައުންސިލަކަށް ދަރުސް ދިނުން މަނާ ނުކުރެވޭނެ : ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ - ފޮޓޯ : ހަވީރު ނޫސް
















މީދެން ކިހާދެރަމައްސަލައެއް! ދީނީޢިލްމުވެރިން ވެސް މިމީހުންނަކަށް ބަޔަކަށްނުވިދޯ؟ ސެއިހު ހުސެން ރަޝީދުވަކީކީވެސް އަހަރެންނަކަށްކަމުދާ މީހެންނޫން އެކަމު އޭނަވެސް އެބަހުރި ދީނަށްޓަކާ ވަރަށް ރަނގަޅު ޙިދުމަތް ތަކެއް ކޮށްދެއްވާފަ! ނަމާދާބެހޭ ބައިވަރު ފޮތްތަށް ނެރެދެއްވާފަ. މިހާރުވެސް އެފޮތްތަށް އަހަރެންބޭނުން ކުރަން އެފޮތްތަށް އަހަންނަކަށް ގޯހެއް ނޫން! ހުސެން ރަޝީދު ލިޔުއްވި އެޗެކޭކިޔާފަ އެފޮތް ތަކުގެބޭނުން ނުހިފަންވީތަ؟ ތިވެރިން ތިބޭނުންކުރަނީ ބަނީއިސްރާޢީލް ބާގައިގެ މީހުންގެ މޮޓޯއެވެ. މިވެރިން ދީނީނަޞޭހަތެއް އަޑުއަހާނެގޮތެއް ވެސްނެތީތަ؟ ރަންގަޅު ޙިޔާލެއް ދީފާނަން! “އެމީހުންގެ އިސްލީޑަރާ ސްޕީޗް ހަވާލް ކޮށްބަލަ” އޭރުން ގައިމު އަޑުއަހާނުން ދޯ؟
ދި އިސްލާމް އަކީ ވަރަށް ބޮޑަށް ވަކި އަތަކަށް ޖެހިފައިވާ ބައެއް
މާތް ﷲ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ބޭފުޅުންނަށް ރަޙުމަތް އިތުރު ކުރައްވާށިއެވެ! ދިވެހިރާއްޖެއަށް ބޭނުންވަނީ އެފަދަ ބޭފުޅުންނެވެ. އެ ބޭފުޅުން އެ ދެއްކެވީ ވަރަށް ވެސް ރީތި މިސާލެކެވެ. ހަރުދަނާ އުސޫލެކެވެ. ރަގަޅު ނަމޫނާއެކެވެ. ކީއްވެގެންތޯއެވެ. މާތް ﷲ ގެ މަތިވެރި ދީން ކުރިއެރުވުމަށް ދެވޭ ދަޢުވަތަށް ހުރަސް އަޅައިގެން ނުވާނެކަން އެ ބޭފުޅުންނަށް ޤަބޫލު ކުރެއްވޭތީއެވެ. އެހެނީ އެކަމުގައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެއެވެ. ދީނީ އެއްވެސް ކަމެއްގައި ތިމާމެން ހަމަ ހިތަށް އަރާހާ ގޮތަކަށް ޢަމަލެއް ނުކުރެވޭނެއެވެ. ކޮންމެ ބަޔަކު ވެސް ތިބެންޖެހޭނީ މާތް ﷲ ކަނޑައަޅުއްވާފައިވާ ޙުދޫދުގެ ތެރޭގައެވެ. އަދި އެއްވެސް ޙާލެއްގައި ދިވެހި ރައްޔިތުން ތި ކައުންސިލްތައް ހޮވާފައިވަނީކީ މިސްކިތްތަކަށް ގާއުކާ މިސްކިތްތައް ކާރީގައި ލަވަޖަހާކަށް އަދި އަވަގުރާނަ ގޮވާކަށް ނޫނެވެ. މާތް ﷲ ފުވައްމުލަކުގެ އަތޮޅު ކައުންސިލްއަށާއި ރައްޔިތުންނަށް ފާގަތި ފަހި ދުވަސްތަކެއް ދައްކަވާށިއެވެ. އާމީން.
އާނ އިއްސޭ ތިބުނީ ރަނގަޅު ވާހަކައެއް! އެކަމު ކުޑަތަންކޮޅެއް އިތުރުކޮއްލާނަން! ވަކި އަތެއްނޫން ހަމަ އެއްމެ އަތަކަށް އެއީ އިސްލާމްދީން ކުރިއެރުވުމާއި، އިސްލާމީ ރިވެތި އުޞޫލް ތަކާއި ރިވެތި ޘަޤާފަތް ދެމެހެއްޓުމެވެ. ބައެއް މީހުނަށް މިކަންކަމަކީ ހަޖަމްކުރަން މާފަސޭ ކަމަކަށްނުވުން އެކަށީގެން ވޭ!
އާނ! ތިބުނީ ވަރަށް ބޮޑު ތެދެއް… ދިއިސްލާމް އަބަދުވެސް ވާހަކަ ދައްކާނީ މުސްލިމުންނާ އެއްކޮޅަށް ވާހަކަ. މުސްލިމުންގެ ނަމުގައި ތިބޭ މުނާފިޤުންނާ އެއްކޮޅަކަށް ވާހަކައެއް ނުދައްކާނެ.
އެބަޔަކު ސައިޓް ހިންގާނީ އެބަޔަކު ބޭނުން ގޮތަކަށް. ކަލޭމެންވެސް އެމްޑީޕީ ހަރުގެ ފޭސްބުކްގައި ތިހިންގަނީ ކަލޭމެން ބޭނުންވާ ގޮތަކައްނު!!!! އޭގަ ކިރިޔާވެސް ދީނީ އެއްޗެއް ޖަހާއިރަށް ކަލޭމެން ފޮހެލަމެއްނު.
ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އިސްލާމްދީން ފޮހެއެއް ނުލެވޭނެ. އެމްޑީޕީއަކަށް (އެމްޑީޕީ) = މުސްލިމުންނާ ދެކޮޅު ޕާރޓީ..
ދިއިސްލާމް އަކީ އިސްލާމްދިނާއި ގުޅުންހުރި މުހިއްމު މައުލޫމާތުތައް ގެނެސްދިނުމަށް މަސައްކަތްކުރާ ބައެއް. އެހެންވީމާ މިބައިމީހުން ޖެހޭނީ އިސްލާމްދީނާއިވީއަތަށް. މުނާފިގުންނާއި ކެނެރީގޭ އިބިލީހާވީއަތަކަށްނޫން. ކަލޭ ރަނގަޅަށް ހަޖަމުކޮށްބަލަ.
ދެން ތިބޭފުޅޭ ތިހުންނެވީ ވަކިއަތަކަށް ނުޖެހިތޯ؟؟؟؟؟؟؟؟؟؟
ދީނުގެ ނަމުގަ ހަގީގަތް ނުބަލާ ފިތުނަ ފަސާދަ ުފެދޭ ފަދަ މިކަހަލަ ލިއުންތައް ނުލިއުއްވުން އެދެން. އެ ކައުންސިލް ތަކުގެ ބަހެއް ހޯދާލި ނަމަ ދޯ.
އިއްސޭއަށް ބުނެލަން. ދިއިސްލާމް ހުންނަންޖެހޭނީވެސް ވަކިއަތަކަށް ޖެހިފައި. އެކަން އިއްސޭއަށް އެނގުލެއް ލަސްވިކަމަށްޓަކައި ޙައިރާންވަން. އިއްސޭއަށް ނޭގުނު ނަމަކވެސް އަހަރެމެންނަކީ އިސްލާމުންކަމަށްވާތީ ތިބެންކެޖޭނީ އިސްލާމް ދީނާ އެއްކޮޅަށް.