"އިމާމް ޕްރޮފެޝަނަލިޒަމް” ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުގައި "އަންނަ ނޮވެމްބަރ މަހުގެ 22 އިން ޑިސެމްބަރ ހަތަރަކަށް މެލޭޝިއާގެ އިސްލާމިކް
އިންސިޓިޓިއުޓް "އިލިމް" ގައި ބާއްވާ އިމާމް ޕްރޮފެޝަނަލިޒަމް ކޯހުގެ ނަމުގައި ހިނގާ ކޯހެއްގައި 25 ބޭފުޅަކު ބައިވެރިކުރުމުގެ ފުރުޞަތު" ލިބިފައިވާކަމަށެވެ. އަދި މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުގައި "އިމާމް ޕްރޮފެޝަނަލިޒަމް” ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެމިނިސްޓްރީއަށް ސިޓީއަކުން ހުށައަޅަންޖެހޭނެއެވެ.
ކޯހަށް ބައިވެރިން ހޮވުމުގައި ސަމާލުކަން ދޭގޮތަށް ހަމަޖެހިފައިވަނީ މީގެކުރިން "އިމާމު ޕްރޮފެޝަނަލިޒަމް" ކޯހެއް ހައްދަވާފައިވާ ނުވުމާއި، ލިބިފައިވާ ސެޓްފިކެޓްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ހާމަކޮށްފައިވެއެވެ. މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް މެލޭޝިއާގައި ތިބުމާއި، ކެއުމުގެ ޚަރަދު "އިލިމް" އިން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މެލޭޝިއާއަށް ދިއުމުގެ ދަތުރު ޚަރަދު ކުރައްވަންޖެހިލައްވާނީ އެބައިވެރިއަކު އަމިއްލައަށެވެ.
އިސްލާމް ދީނާއި ބެހޭ ކޯސްތަކަކީ އާންމުގޮތެއްގައި ލިބޭ ކޯސް ތަކެއް ނޫނެވެ. އެހެންކަމުން މިފަދައިން ލިބޭ މަދު ފުރުސަތުގެ ބޭނުން ކުރުމަކީ ބުއްދިވެރިގޮތެކެވެ.

















ޚިޔާލު