އަންހެން ބޭކަނބަލުންނަށް "އަންޞާރުއްޝާމް"ގެ ޙާއްސަ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާކަމަށް އެހަރަކާތުގެ އިސް އޮފިޝަލެއް ހާމަކޮށްފިއެވެ.
ސޫރިޔާގައި އަނިޔާލިބެމުންދާ މުސްލިމުންނަށް އެހީވުމަށް ދިވެހިން ހޭލުންތެރިކުމުގެ ގޮތުން ބާއްވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވޭ މިބައްދަލުވުމަކީ ހަމައެކަނި އަންހެން ބޭކަނބަލުންނަށް ބާއްވާ ބައްދަލުވުމެއްކަމަށް އަންޞާރުއްޝާމް ގެ އޮފިޝަލް ހާމަކުރެއެވެ. އެފަރާތުން ހާމަކުރި ގޮތުގައި މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަމީރު އަހުމަދު ސުކޫލުގައި 9 ޖޫންވާ ހޮނިހިރު ދުވަހުގެ ހަވީރު 4.30 ގައެވެ.
މީގެ ކުރިންވެސް ވަނީ އަންހެން ބޭކަނބަލުންނަށް ބައިވެރިވެވޭނެހެން "އަންޞާރުއްޝާމް"ގެ ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި ވަނީ ސޫރިޔާގައި ހިނގަމުންދާ ކަންތައްތަކާއި ބެހޭ މައުޟޫމާތު ހިއްސާކޮށްފައެވެ. "އަންޞާރުއްޝާމް"ގެ ހަރަކާތުން ބާއްވާ މިޙާއްސަ ބައްދަލުވުމަށް ވީހާވެސް ގިނަ އަންހެން ބޭކަނބަލުންނަށް ބައިވެރުވުމަށް އެހަރަކާތުން އިލްތިމާސްކުރެއެވެ. އަދި ވީހާވެސް ގިނަ އަންހެން ބޭކަނބަލުންނަށް މިބައްދަލުވުމުގެ ދައުވަތު ފޯރުކޮށްދިނުމަކީ އެފަރާތުގެ އެދުމެކެވެ.

















ޚިޔާލު