ރާއްޖޭގެ ޚަބަރު

ރާއްޖެ އިސްލާމްގެ ފަރާތުން ރަމަޟާންމަހު ކުރިއަށްގެންދިޔަ ދީނީ ސުވާލު މުބާރާތުގެ ނަތީޖާ އިޢުލާނުކޮށްފި

ލިޔުނީ: އައިޝާ ޝަހޫ

ރާއްޖެ އިސްލާމްގެ ފަރާތުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހު ކުރިއަށްގެންދިޔަ ދީނީ ސުވާލުމުބާރާތުގެ ނަތީޖާ އިޢުލާނުކޮށްފިއެވެ.

ރާއްއިސްލާމް.ކޮމް ގެ ފަރާތުން ބަރަކާތްތެރި ރަމަޟާންމަހުގެ 7 ވަނަ ދުވަހުން ފެށިގެން ދުވާލަކު އެއް ސުވާލު ހުށައަޅާފައިވާ މި މުބާރާތް ދެމިގެން ގޮސްފައިވަނީ ރަމަޟާންމަހުގެ 28 ވަނަ ދުވަހާއި ހިސާބަށެވެ. ޖުމްލަ 720 ބައިވެރިން ބައިވެރިވެފައިވާ މިސުވާލު މުބާރާތުގައި ހުށައެޅުނު ސުވާލުތަކުން ހުރިހާ ސުވާލުތަކެއްގެ ޖަވާބު 37 ފަރާތަކުން ރަނގަޅުކޮށްފައިވާކަމަށް ރާއްޖެއިސްލާމް.ކޮމް އިން ހާމަކުރައްވައެވެ.

ރާއްޖެއިސްލާމް އިން ކުރިން ހާމަކުރައްވާފައިވާ ގޮތުގައި 1 ވަނަ އަށް ހޮވޭ ބޭފުޅަކު ކަނޑައަޅާނީ ގުރުއަތުން ނަގައިގެންނެވެ. 37 ބައިވެރިން ހުރިހާ ސުވާލެއް ރަނގަޅުކޮށްފައިވާތީ އެވެބްސައިޓުގެ ފަރާތުންވަނީ 2 ބޭފުޅުންވަނީ ގުރުއަތުލައިގެން ހޮވާފައެވެ. އެއީ ނަޝްފާ ނާޝިދާއި، ފާޠިމަތު ޒޫނާ ކަމަށް ރާއްޖެއިސްލާމް.ކޮމް އިން ހާމަކުރެއެވެ. ކްލިކް ކޮމްޕިއުޓާރސްގެ ފަރާތުން ސްޕޮންސާރ ކޮށްފައިވާ މިމުބާރާތަކީ ރާއްޖެއިސްލާމްއިން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ. މިއަންނަ އަހަރުވެސް ރާއްޖެއިސްލާމްގެ ދީނީ ސުވާލު މުބާރާތް އިންޝާﷲ ކުރިއަށް ގެންދާނެ ކަމަށް އެވެބްސައިޓްގައިވަނީ ހާމަކޮށްފައެވެ.

ހުރިހާ ސުވާލުތަކެއްގެ ޖަވާބު ރަނގަޅު ކުރައްވާފައިވާ ބޭފުޅުންނަކީ ޙާމީމް ނަސީމް، ޢަބްދުﷲ ނަސީމް،  ޢައިޝަތު ސުޒިޔާ، މުޙައްމަދު އަރޫން، ފާޠިމަތު ޝިޔާނާ،  ޢައިޝަތު މުޙައްމަދު، މިޝާ، ޢައިޝަތު ނާއިފާ، އަޙްމަދު ނާޝިދު، ޙުސެއިން ޢާމިރު، މަރިޔަމް އަބޫބަކުރު، ޙުސައިން ފަޔާޒު ނަސީމް، އާދަމް ނަސީމު އަބޫބަކުރު، ޚުވައިލަތު ޖަމީލާ، ނަޝްފާ ނާޝިދު، ސާރަތު މުޙައްމަދު، ފާޠިމަތު ޒޫނާ، ތާހާ ނަސީމު، މުޙައްމަދު ޝާހިދު، އަބްދުﷲ ޔޫސުފް، ޒައިތޫނާ ޢަބްދުﷲ، ހައްވާ ޝިޔާމާ،  އިސްމާޢީލް ފަޔާޒް، މުޙައްމަދު ޢައްލާމް ޠަލްހަތު، މުޙައްމަދު ނަޖީބު، ޔާސީން ނަސީމް، މުޙައްމަދު ނާއިފު،  އިބްރާހީމް ނަޞީރު، ޒުލައިޚާ ޙުސައިން، ޢަބްދުﷲ ނަސީމް، މުޙައްމަދު ވިދާން ޝާކިރު، ނަސީމާ،   ޢާބިދާ ރަޝީދު، އައިމިނަތު އާދަމް، ރިޝްފާ ލަޠީފް، ލުބުނާ ޙަމީދު އަދި ޙަސަން ޝާމިލް އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *