ރާއްޖޭގެ ޚަބަރު

ޖަމިޢިއްޔަތުލް އަޚަވާތުން އަންހެން ބޭފުޅުން ހާއްސަ ދަރުސްއެއް މާދަމާ ރޭ ބާއްވަނީ

ޖަމްޢިއްޔަތުލް އަޚަވާތުގެ ފަރާތުން އިންތިޒާމްކޮށްގެން 5 ޖޫން ވާ އަންގާރަ ދުވަހުގެރޭ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެޖަމްޢިއްޔާއިން “ދިއިސްލާމް”އަށް މަޢުލޫމާތުދިން ގޮތުގައި، “رَبِّ ارْجِعُونِ” މިމައުޟޫއަށް ދަރުސް ދެއްވާނީ އައްޝެއިޚް އިލްޔާސް ހުސެއިންއެވެ. ހަމައެކަނި އަންހެން ބޭކަނބަލުންނަށް ޚާއްޞަކޮށްފައިވާ މިދަރުސް އޮންނާނީ 5 ޖޫން ގެ ރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުވެ.

މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޙާޟިރުވުމަށް އެޖަމްޢިއްޔާއިން އެދެއެވެ.

ޖަމްޢިއްޔަތުލް އަޚަވާތަކީ މުޖުތަމަޢުގެ އަންހެންބޭފުޅުން ދީނީގޮތުން ހޭލުންތެރިކުރުމާއި އަދި ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރަނގަޅު މައިންތަކެއް ތައްޔާރުކުރުމުގެ މަޤްޞަދުގައި މާޗް 14، 2010 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ރެޖިސްޓްރީކޮށްގެން ހިންގަމުންދާ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާއިން ދަނީ އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ދީނީ ދަރުސްތަކާއި ސެމިނަރތައް ބޭއްވުން ފަދަ ހަރަކާތްތައް ހިންގަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *