ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

އައްޝައިޚް މުޙައްމަދު މޫސާގެ ޙާއްސަ ދަރުސްތަކެއް ބާއްވަނީ

މިދިޔަ އަހަރު ރަމަޟާން މަހު ށ ކަނޑިތީމްގައި ބޭއްވި މުހައްމަދު މޫސާގެ ދަރުސްގެ ތެރެއިން |ފޮޓޯ: ދިއިސްލާމް

މިދިޔަ އަހަރު ރަމަޟާން މަހު ށ ކަނޑިތީމްގައި ބޭއްވި މުހައްމަދު މޫސާގެ ދަރުސްގެ ތެރެއިން |ފޮޓޯ: ދިއިސްލާމް

ކަނޑިތީމް ޔޫތް އިނީޝިއޭޓީވް (ކީ) ޖަމްއިއްޔާގެ ފަރާތުން އައްޝައިޚް މުޙައްމަދު މޫސާގެ ޙާއްސަ ދަރުސްތަކެއް ކަނޑިތީމް ހިމެނޭ ސަރަހައްދުގެ ރަށް ރަށުގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ކީ ޖަމްއިއްޔާގެ ރައީސް މުހައްމަދު ރިޔާޒު "ދިއިސްލާމް" އަށް މައުލޫމާތު ދިން ގޮތުގައި މިފަދަ ދަރުސްތައް ބޭއްވުމުގެ މަޤްޞަދަކީ ދީނީ ރޫޙް އާލާކުރުމާއި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެއިތުރުން މި ދަރުސްތައް އަޑުއެހުމަށް ވީހާވެސް ގިނަ އާއްމުން ދިޔުމަށް ކީ ޖަމްއިއްޔާއިން އެދެއެވެ. އަދި މަދަރުސް ތައް ބޭއްވުމަށް ށ ކަނޑިތީމް ކައުންސިލް އިދާރާއި ށ އަތޮޅު މަދަރުސާ އަދި އެކޯސްޓިކް އިން ވެ ދެއްވާ އެހީތެރިކަން ޖަމްއިއްޔާއިން ފާހަގަކުރެއެވެ.

އެ ޖަމްއިއްޔާއިން ހާމަކުރާގޮތުގައި ހުކުރު ދުވަހުގެ ރޭ "ޤިޔާމަތް ކައިރިވެއްޖެ" މި މައުޟޫއަށް ށ ކަނޑިތީމްގައި ޝައިޚް ގެ ދަރުހެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހު ހެނދުނު އެ ރަށު ބެލެނިވެރިންނަށްވެސް ދަރުސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ  އެދުވަހު ހަވީރު ށ ބިލެއްފަހީގައި ދަރުސް ދިނުމަށް ފަހު ހޮނިހިރު ދުވަހުގެ ރޭ ށ ގޮއިދޫގައި ޝައިޚް ގެ ދަރުސް ދިނުމަށް ހަމަޖެހިފައިވާކަމަށް ކީ ޖަމްއިއްޔާއިން ހާމަކުރެއެވެ. މީގެއިތުރުން އާދިއްތަ ދުވަހު ހަވީރު ހދ. މަކުނުދޫގައި ދަރުސް ދިނުމަށް ފަހު އެ ރޭ ށ ފޭދޫގައި ވެސް ދަރުސް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް  އެ ޖަމްއިއްޔާއިން ހާމަކުރެއެވެ.

މިދިޔަ އަހަރުވެސް ކީ ޖަމްއިއްޔާގެ ފަރާތުން ޝައިޚް އަލީ ޒާހިރުގެ ހާއްސަ ދަރުސްތަކެއް ށ އަތޮޅުގެ ބައެއް ރަށް ރަށައް އަމާޒުކޮށްގެން ވަނީ ބާއްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *