މިސްކިތްތައް އިމާރާތް ކުރުމުގެ ފަންޑަށް އެހީތެރިކަން ހޯދުމުގެ ގޮތުން މުޅި ރާއްޖޭގައި މިސްކިތު ހަފުތާއެއް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޕޯކްސްޕާސަން އައްޝައިޚް މޫސާ އަންވަރު ޙަސަން "ދިއިސްލާމް"އަށް މިއަދު ވިދާޅުވީ މިއަންނަ ހަފުތާގެ ހުކުރު ދުވަހު މާލެއާއި ރާއްޖެތެރޭގައިވެސް މިސްކިތު ހަފުތާ ފާހަގަކުރުމުގެ ގޮތުން ޙަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އެހަފުތާގެ ހުކުރު ދުވަހުގެ ޚުތުބާގައިވެސް މިސްކިތް ޢިމާރާތްކުރުމުގެ މާތް ކަމާބެހޭ ގޮތުން އަލިއަޅުވާލާނެ ކަމަށެވެ.
މިސްކިތު ހަފުތާގެ ޙަރަކާތްތައް އަތޮޅު ތެރޭގައި ހިންގުމަށް އަތޮޅު ކައުންސިލްތަކަށް ސާކިއުލަރއެއް ފޮނުއްވާފައިވާނެ ކަމަށް ޝައިޚް މޫސާ އަންވަރު ވިދާޅުވިއެވެ.
މޫސާ އަންވަރު ވިދާޅުވީ މާލޭގައި ހިންގާ ޙަރަކާތުގައި މާލޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ފަންޑުފޮށިތަކެއް ބަހައްޓައިގެން އެހީތެރިވެދެއްވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާ ފަންޑުފޮއްޓަށް ނޫން ގޮތަކަށްވެސް އެހީދެއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އިސްލާމިކް މިނިސްޓްރިއަށް ވަޑައިގެންވެސް އެހީވެދެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެފުރުޞަތު ކޮންމެ އިރެއްގައިވެސް ހުޅުވާލެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރިއިން މިސްކިތްތަކުގެ ހަފްތާއެއް ފާހަގަކުރުމަށް ޙަރަކާތްތަކެއް ހިންގާއިރު، އެމިނިސްޓްރީންދަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުގެ ދަށުގައި ހުރި މިސްކިތްތައް އަނބުރާ އެމިނިސްޓްރީގެ ދަށަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ.
ބަލަގަ ތި ފަންޑު ހޯދުމަށްވުރެ މާ ރަނގަޅުވާނެ އަތޮޅުތެރެއަށް ދީނީ ދަރުސް ދިނުންވެސް. ތީ ލ. ހިތަދޫ މިސްކިތުގެ ފޮޓޯއެއް. ތިމިސްކިތުގައި ނަމާދުވަގުތު އެއްސަފުވެސް ހަމަނުވޭ!! މުޅި ޒުވާން ޖީލް އެއޮތީ ހަލާކުވެފަ. ނަމާދުކުރުމަށް އެމީހުން ލަދުވެތިވޭ! ރަށުގެ ރައްޔިތެއްގެ ހައިސިއްޔަތުން އެކަމާ ދެރަވޭ!
ތިމިސްކިތައްދިޔައިން. އަލީ އެބުނީ ތެދެއްހެން ހީވަނީ. ޒުވާނުންގެ ދުވަސް ދުއްވާލާފަ މިއޮތީ.