ދުނިޔެ މަތީގައި އެކި މީހުންނަށް މުޞީބާތްތަށް ކުރިމަތިވަނީ އެކި ގޮތްގޮތަށެވެ. އެހެނީ އިންސާނަކު އެމީހަކަށް ލާބައާއި މަންފާކުރުވަނިވި ކަންކަން ދޫކޮށްލާ އަމިއްލަ ނަފްސަށް ގެއްލުން ލިބޭ ކަންކަމުގެ މަޝްޣޫލުވެ އުޅުމުން އެމީހަކަށް ގިނަގުނަ މުޞީބާތްތަށް ކުރިމަތިވެއެވެ. މީހަކު ޙައްޤު މަގު ދޫކޮށްލާ ބާޠިލްގެ މަގަށް ހުށަހެޅިގެން ފިނަމަ އަމިއްލަ ނަފްސަށް އެ ހޯދައިގަތީ މުޞީބާތެކެވެ. މާތްﷲ އަށް އަދާކުރެވޭ އަޅުކަންތައް ދޫކޮށްލާ، އެހެން ތަކެޗަށް ތިމާގެ ނަފްސު ކިޔަމަންތެރިކޮށްފިނަމަ އެ ދަތުރުކުރީ މުޞީބާތަކާ ދިމާލަށެވެ. ތިމާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވާ ރިޒުޤު ތަނަވަސްކޮށްދެއްވާ ގިނަ ގުނަ ނިޢުމަތްތަށް ފަހި ކޮށްދެއްވި ގަދަ ކީރިތި ވަންތަ އިލާހަށް ވާންޖެހޭ ލޯތްބާއި ބިރުވެތިކަން ފިލައި ގޮސް ތިމާގެ ހިތުގައި އެންމެބޮޑު ޤަދަރެއްދޭން ޖެހޭފަރާތުގެ މަތިން ޣާފިލުވެ ތިމާ ފަދަ އެހެން އިންސާނުންނާއި ތަކެއްޗަށް ތިމާގެ ހިތުން ޢިއްޒަތް ދީ އުޅޭ ކަމުގައިވާނަމަ ކުރިމަތިލީ މުޞީބާތަކާއެވެ. އެމީހެއްގެ މުދާ ﷲ ގެ މަގުގައި ހޭދަ ކުރުން ދޫކޮށްލައިފިނަމަ ދެން އެމީހަކަށް އެމުދާ ހޭދަ ކުރެވެން ފަށަނީ ޝައިޠާނާ ދެއްކި މަގުންނެވެ. އެ ޙާލުގައި އެމުޞީބާޠާ އެމީހަކު ކުރިމަތިލައިފިކަން ޔަޤީނެވެ. ތިމާގެ ވެރިރައްބާ ކުއްތަން ވެވޭ ހިނދު މަޑުމޮޅި ވުމާއި ނިކަމަތިވުން އިޚްތިޔާރު ނުކޮށް، ތިމާ ފަދަ ނިކަމެތި އިންސާނުންނަށް އަޅުވެތިވާނަމަ އަމިއްލަނަފްސަށް އެ ހޯދައިގަތީ މުޞީބާތެކެވެ.
މިޒަމާނުގެ ޢަލްމާނީ ފިކުރުގެ މީހުންނާއި މުލްޙިދުން ދައްކަމުންދާ ކުލަވަރުތަކުގައި ޖެހި އަހަރެމެންގެ އިސްލާމީ މުޖުތަމަޢުގެ ބައެއް އަފަރާދުން ހެވާ ލާބައަށް ކާމިޔާބާއި ފަލާޙަށް މަގުދައްކައިދޭ އެންމެހާ ރިވެތި އުޞޫލުތަށް ދޫކޮށް އަމިއްލަ ނަފްސަށް ގެއްލުން ލިބެނިވެ ފާސިދު ކަންކަމުގައި ވަޤުތު ހެދަކުރަމުންދާ މަންޒަރު ދަނީ ލޮލަށް ފެންނަމުންނެވެ.
އާދެ ! ދީނުގެ ޢަދުއްވުންނަކީ ހުރިހާ ޒަމާނެއްގައިވެސް އިސްލާމްދީނާ ޗެލެންޖު ކޮށް ހަނގުރާމަ ކުރަމުން އައި ބައެކެވެ. މިއީ ނަބީބޭކަލުންގެ ޒަމާން ތަކުގައިވެސް މިކަންކަން ހިނގަމުން އައި ގޮތެވެ. އެކަން ބަޔާން ކުރައްވާ މާތް ﷲ ވަޙީ ކުރައްވަނީ وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا "ހަމައެފަދައިން، ތިމަންﷲ ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ شيطان ން عداوة ތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ باطل ބަސްތަކުން ވަސްވާސްދީ އުޅެތެވެ."
ދީނުގެ ޢަދާވާތްތެރިން ތިބީ ދަނޑުވަޅު ބަލަބަލައެެވެ. އެކި ދިމަދިމާލުން ގިނަ ރޭވުންތަށް ރާވަމުން ދިޔައެވެ. ކުއްލިއަކަށް އެބައިމީހުންގެ މިޞްރާބު ބަދަލުކޮށްލީ ދީނީ ދަރުސްދޭ މަޖްލީސްތަކާއި ދިމާލަށެވެ. އެމީހުންގެ ހިތުގައި މިސްކިތެއް ގެއްގެ ގެދޮރެއް ފަސްގަނޑެއްގެ ތަފާތެއް ނެތެވެ. ތަފާތު އެކި ކުލަވަރު ދައްކާ ހޯބޯ ލަވަމުން ދިޔައެވެ. ކުރެވުނު ކަމުގެ ފަޚުރާ ޝަރަފުގެ މެޑެލް ހޯދުމުގެ ޤަސްތުގައެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި ދަޢުވަތުގައި މަސައްކަތް ކުރާ އެއްވެސް ބޭފުޅަކު ހިތްވަރު ދެރަ ކޮށްގެން ނުވާނެއެވެ. ދީނުގައި މަގުގައި ކުރިއަށް ދާނަމަ ދަތިތަކާއި އުނދަގޫތަކައި ފުރައްސާރައާއި މާލާމާތް ރައްދުވާނެއެވެ. އެހެނީ މިއީ ނަބީ ބޭކަލުންގެ ވަޒީފާއެވެ. މި ވަޒީފާގައި އެބޭކަލުންނަށް ބޮޑެތި އިމްތިޙާން ތަކާއި ކުރިމަތިވެ ވަޑައިގަތެވެ. މިއުމަތަށް ކައުކުރެއްވި މާތް ނަބިއްޔާ محمد صلي الله عليه وسلم ދީނަށް ގޮވާލެއްވުމުގެ ގޮތުން ޠާއިފަށް ކުރެއްވި ދަތުރުފުޅު ހަނދުމަ ކޮށްލާށެވެ. އެކަލޭގެފާނަށް ފުރައްސާރައާއި މަލާމާތް ރައްދު ކުރެވުނެވެ. ހަށިކޮޅަށް އަނިޔާ ދެވުނެވެ. އިސްތަށިފުޅުން ލޭފޮދު އޮހެރެމުން ދިޔައެވެ. ނަމަވެސް ހިތްވަރު ފުޅު ބަލި ކޮށްނުލައްވައެވެ. ޘާބިތުކަން ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ދައްކަވާދެވީ މިކަމުގެ އެންމެ ފުރިހަމަ ރިވެތި ނަމޫނާއެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ޞަޙާބީންނާއި ކުރީގެ އުއްމަތުގެ ނަބިއްޔުންގެ ޙަޔާތްޕުޅުން ހިތްވަރު ލިބިގަންނާށެވެ.
މިއީ ޢަލީ އެއް އާދަމެއް ޙުސައިން އެއް ދަރުސްދޭތީ އެޅޭ ހުރަސް ތަކެއް ނޫނެވެ. މިއީ ޖުމްލަކޮށް ދީނީ ދަޢުވަތުގެ ކުލަވަރު ފަނޑުކޮށް މީހުންގެ ހިތްތަކުން ދީނާއި ދީނީ ޢިލްމުވެރިންނަށް އޮތް ޤަދަރު ކުޑަކުރުމަށް ޓަކައި އެޅޭ ހުރަސްތަކެކެވެ.
މިފަދައިން އެހުރަސްތަށް އަޅަމުންދަނީ ދީނީ ދަރުސްތަކަށް ޝައުޤުވެރިވާ ބައެއް ނޫނެވެ. އަދި މިސްތިކަތްތަކާއި ރައްޓެހި ބައެއްވެސް ނޫނެވެ. އަޅުކަމާއި ހެޔޮ ކަންކަމުގައި މަޝްޣޫލުވެ އުޅޭބައެއްވެސް ނޫނެވެ. މިފަދަ މީހުން ބޭނުންކޮށްގެން މި ނުބައި ތަޞައްވުރު އެކުލަވަލާ ބަޔަކީ ޔަހޫދީންނެވެ. އެގޮތުން މުސްލިމު ވެއްޓާ ރައްޓެހި މީހުން އެބައިމީހުންގެ ކުރާ މިހަނގުރާމައިގެ ބައިވެރިންގެ ގޮތުގައި އިޚްތިޔާރު ކުރެއެވެ. އެއީ އެއްބަހަކުން ވާހަކަދައްކައި އުޅޭ ދެކެ ފަރިތަ މީހުން މެދުވެރިކޮށް ހުށަހަޅާލެވޭ ބާޠިލް ވާހަކަތަކާއި ވަހުމުތަކުގެ ފައިދާ ބޮޑުކަމަށް ޤަބޫލު ކުރެވިގެންނެވެ.
އެގޮތުން މިފަދަ މީހުންގެ ދޫތަކުން ބިންމަތީގައި ފާސާއަދައަށް މަގުފައިވާ އެންމެހާ ކަންކަމަށް މަރުޙަބާ ކިޔާ ހިލޭ ވަދެވޭ ގޮތަށް އެދޮރުތަށް ހުޅުވާލައެވެ. އެބައި މީހުން ޤަލަމް ތަކާއި ޕޯޑިއަމް ތަކާއި މަޖްލީސް ފަޅުފިލުވާލަނީ މިފަދަ ބާޠިލް ދޮގު ވާހަކަ ތަކުންނެވެ. މިބައިމީހުންގެ ފަރާތުން ފެނިގެން ދާ އެންމެ އެންމެ ސުންޕާ އެއް ކަމަކީ ތިމަންނަމެންކީ އަމާންކަމާއި އިންޞާފަށް މަސައްކަތް ކުރާ ބަޔަކުކަމުގައި ބުނެ ފާސާދައާއި ބާޠިލް މަގުތަކަށް ގޮވާލުމެވެ.
ޢިލްމުވެރިންނާ ހެޔޮކަންކަމަށް ގޮވާލާ ދާޢީންނަށް ފުރައްސާރަކޮށް ދުއްތުރާ ކުރުމުގެ މަގަށް ގޮވާލުމަކީ މިމީހުންނަށް ހޯދޭ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ދެކެއެވެ. އެހެނީ ދީނީ ވާހަކަތަކީ މީހުންގެ ފުރާނައާއި ގުޅިފައިވާ ވާހަކަތަކެކެވެ. އޭގެއިން ކުރާއަސަރަކީ ފަސޭހައިން ފިލުވާ ލެވޭނެ އެއްޗެއް ނޫން ކަން މިބައިމީހުންނަށް ވެސްް އެނގެއެވެ. އެގޮތުން ދީނީ މައިދާނަށް ހުރަސް އެޅުމުށް މިބައިމީހުން ވަނީ އެކި ޒަމާން ތަކުގައި ތަފާތު އުކުޅުތަކާއި އެކި އެކި އުސްލޫބުތަށް ބޭނުން ކޮށްފައެވެ.
މިހާރަކަށް އައިސް ސިޔާސީ ޙަރާކަތުގެ ތެރެއިން ލާފައި މިބައިމީހުންނަށް ލިބުނު ރަނުގެ ފުރުޞަތާއެކު ކަންކަމުގައި އަވަސް އަރައިގަނެ ދޫތަށް ހެލެން ފެށިއެވެ. އަތް ފައި އިހުނަށް ވުރެން ޙަރާކާތް ތެރިއެވެ. ރާވާ ރޭވުންތަކުގައި ހީލަތާ މަކަރުވެރިކަން އިތުރު ވެގެން ދިޔައެވެ. ވާހަކަދަ ދައްކާ ހިނދު އަޑަށް އިހުނަށް ވުރެން ބާރުލެވެއެވެ. ހަށިގަނޑަށް ހީވަނީ އެހެން ކަހަލަ ބާރުތަކެއް ލިބިފައި ވާހެނެވެ. މިވަނީ ކީއްބާވައެވެ. ވިސްނާ ފިކުރު ކޮށްލައްވާށެވެ.
ރާއްޖޭގައި އެކި އެކި ސިޔާސީ މަޖްލީސްތަކާއި ހަރުގެތަކާއި ރަށް ރަށުގައި ހޮޅު އަށިތަކާއި އެތަންތާގައި ބޭއްވޭ އިޖްތިމާޢު ތަށް ނެތީތޯއެވެ. އެންމެ ޖަމާވެ ބޮނޑިބަތް ކެއުމާއި، ޕާޓީތަކާއި ގުޅުން ހުރި އެކި އިޙްތިފާލުތަށް ނޯންނަނީ ތޯއެވެ. ނޫނެކެވެ. އޮވެއެވެ. ނަމަވެސް ދީނީ ގޮތުން އިއްވާދެވޭ އަޑުތަކާ ދިމާލަށް ބަޔަކު މީހުން ދުވެގަންނަނީ ދުނިދަނޑިއަކުން ތީރެއް ފޮނުވާލާހާ އަވަހަށެވެ. ޚަބަރު ލިޔާމީހުންގެ ނަޒަރުގޮސް ހުއްޓެނީ އެންމެ ފުރަތަމަ މަންޒަރުގައެވެ. އެކި ރަށް ރަށުންނެވެ . އެކި އެކި ދިމަ ދިމާލުންނެވެ.
މި ހުރިހާ ކަމެއް ވެ ދިޔަ ހިނދު ކައިރީގައި މީހަކު ހުރި ކަމުގެ އިޙްސާސު ކުރެވުނު ހެން ހީވާ ކަހަލައެވެ. އާއެކެވެ! އެއީ ޝައިޠާނީ އަޑު ތަކެކެވެ. އޭނަ ދިން ހިތްވަރެކެވެ. ބަދުރު ހަނގުރާމައިގައި މުޝްރިކުންނަށް ހިވަރުން ދޭން އައި ފަދައިންނެވެ. އިންސާނާގެ ހަށިގަނޑުގައި ލޭދައުރުކުރާ ފަދައިން ޝައިޠާނާ ދައުރުކުރާ ކަން ހަނދާން ކުރާށެވެ.
އާދެ ! ހެޔޮ ވާހަކަތަކާއި ހެޔޮ ޢަމަލުތަކާއި ހެޔޮ މީހުންނާއި ހެޔޮކަމުގެ ދާއިރާ ދޫކޮށްލުމުން ޝައިޠާނާ އެމީހަކު އޭނާގެ މަގަށް އަނބުރާލުމަށްޓަކައި ހިނދުކޮޅެއްވެސް ނުނަގާނެއެވެ. އެއިރުން ކުރުމަތިއެލެވުނީ ބޮޑުވެގެންވާ މުޞީބާތަކާއެވެ.

















މިއަދުގެ ދިވެހިންގެ ހާލަކީ ދޮންމީހުން އުޅޭގޮތަށް އުޅެވޭތޯ ބެލުން ދޮންމީހުން އަުޅެ ގޮތް ކޮޕީހުރުން، މިނިވަން ވެގޮންގޮސް ހިއްދުންނެއްޓި ކަލާގެ ވޮޑިގެންވާކަންވެސް ބަޔެއް މީހުނަށް ޤަބޫލު ނުކުރެވުން!
އަޅުގަނޑަށް ޤަބޫލު ކުރެވޭގޮތުގައި މިހާ ދަށު ދަރަޖައަކަށް ސައްތައިން ސައްތަ މުސްލިމުންގެ ޖަމާޢަތެއްގެ މީހުން ވެއްޓިގެން ދާއިރު، އިސްލާ ދީންދެކެ ލޯބިވާ ހުރިހާ ދީނީ ޢިލްމުވެރިން އެއް އަޑަކުން ޑިމޮކްރަސީއަކީ ރަތްލާޖެހި ކުފުރުގެ ނިޒާމެއްކަމަށް ހަރުއަޑުން ވިދާޅުވެ އިޢުލާން ކުރަންޖެހޭ ހިސާބަށް ކަންތައް ހިގައްޖެ އެވެ.
އޭ މޫސާ! ތިޔަ ވާހަކަ ތިޔަ ދައްކަނީވެސް މިރާއްޖޭގެ ތިޔަބުނާ ޑިމޮކްރަސީގެ ދަށުން ލިބުނު މިނިވަން ކަމެއްގެ ދަށުން. މައުމޫނުގެ ދައުރުގައި ކީއްވެގެންތަ އަނގައިން ނުބުނެވިފައި ތިބީ