ދީނީ ދަރުސްތަކަށް ބައެއް ކައުންސިލްތަކުން ހުރަސްއަޅަމުންގެންދާ މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް އެލްޖީއޭގެ މެންބަރު އަޙްމަދު ފައިޞަލް ވިދާޅުވެއްޖެއެވެ.
މިހާރަކަށްއައިސް އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެޕާޓީގެ ކައުންސިލަރުންވެސް ބައިވެރިވެގެން، މިސްކިތްތަކުގެ ހުރުމަތްކަނޑައި، ދީނީ ދަރުސް ދިނުމަށް ހުރަސްއަޅަމުންދާ މައްސަލައިގައި، ދިޓީވީއަށް ރޭ ދެއްވި ބަސްދީގަތުމެއްގައި ފައިސަލް ވިދާޅުވީ، ދީނީ ދަރުސް ދެއްވުމަށް ދީނީ ޢިލްމުވެރިން ކުރައްވާ މަސައްކަތްތަކަށް ހުރަސްއެޅުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ ރާއްޖޭގެ ރައްޔިތުން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ، ދީނީ ވަހުދަތު ބަލިކަށިކޮށްލުމަށް ބައެއް ކައުންސިލްތަކުން ކުރަމުންދާ މިފަދަ ކަންތައްތްތަކަކީ އެލްޖީއޭއިން ނުބަލައި ދޫކޮށްލާނެ ކަންތައްތަކެއް ނޫންކަމަށެވެ. އަދި ކައުންސިލްތަކަކީ އިސްލާމްދީނާއި ދިވެހި ޤައުމާއި އެއްކޮޅަށް މަސައްކަތްކުރާ ކައުންސިލުތަކަކަށް ހަދަންޖެހޭނެ ކަމަށެވެ.
ބައެއް ކައުންސިލްތަކުން މިފަދަ ނާތަހުޒީބީ އަމަލުތައް ހިންގަމުންދާއިރު ތިމާމެން އިންތިހާބުކުރި ރައްޔިތުން ބޭނުންވި އެންމެ ކަމެއްވެސް ހާސިލްކުރެވުނުތޯ ބަލައި، އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން މާރަނގަޅުވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
އޭގެ އިތުރުން، ދައުލަތުގެ މާލިއްޔާއިން ބޮޑު ހަރަދުތަކެއް ކޮށްގެން ކައުންސިލްތައް ހިންގަމުންދާއިރު ދައުލަތާއި ދެކޮޅަށް ނުކުމެ ރައްޔިތުންނަށް ގެއްލުން ދިނުމަށް މަސައްކަތްކުރަމުންދާ ކައުންސިލްތަކުގެ ހައިސިއްޔަތާމެދު ސުވާލު އުފެދޭކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ދީނީ ދަރުސްދިނުމަށް ދެކޮޅުހަދާފައިވާ ކައުންސިލްތަކުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލް، ހދ. ވައިކަރަދޫ ކައުންސިލް، ބ. ތުޅާދޫ ކައުންސިލް ހިމެނެއެވެ. އޭގެ އިތުރުން ބ. ހިތާދޫ އަދި ބ. ކަމަދޫގައި އަދި މާލޭގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ދަރުސް ބޭއްވުމަށް ހުރަސްއަޅާފައެވެ.

















ދީނާބެހެންޏާ އެގޯސްވީ އެހިސާބުން. ސިޔާސީވިޔަސް އޯކޭ އެކަމަކު ދީނާ ބެހިގެންނުވާނެ.
ކައުންސިލްތަކުން ރައްޔިތުންނަށް އަންގަންވީ އެއްވެސް މިސްކިތެއްކައިރީގައި މުޒާހިރާ ނުކުރަން، އިލްމުވެރެއެއްގެ ވާހަކަ އަޑުއަހަން ބޭނުން ނޫންމީހުން އެތަނަކަށް ނުދާން، އެޖަމާޢަތަކަށް ދާހިތުން ދާ މީހުންނަށް ފުރައްސާރަނުކުރުރާން
ބާޢީ ސަރުކާރެއްގެ ފިނޭންސް މިނިސްޓްރީން ދޭ މުސާރަ ބޭނުންވޭ، ނުދީފިއްޔާވެސް މައްސަލައެއް. އެކަމަކު ބާޢީ ސަރުކާރަކުން ދީނީ ދަރުސް ދޭން އުޅެންޏާ މައްސަލައެއް،