ރާއްޖޭގެ ޚަބަރު

ދީނީ ދަރުސްތަކަށް ހުރަސްއަޅާ ކައުންސިލްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެލްޖީއޭއަށް ހުށަހަޅަނީ

މެއި 18، 2012 ދުވަހުގެރޭ ފުރުޤާން މިސްކިތުގައި ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސަށް ހުރަސްއެޅުމަށް އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް މަސައްކަތްކުރަނީ - ދިއިސްލާމް ފޮޓޯ: އިބްރާހީމް އަޝްވާޤް

މެއި 18، 2012 ދުވަހުގެރޭ ފުރުޤާން މިސްކިތުގައި ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސަށް ހުރަސްއެޅުމަށް އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް މަސައްކަތްކުރަނީ - ދިއިސްލާމް ފޮޓޯ: އިބްރާހީމް އަޝްވާޤް

ދީނީ ދަރުސްތަކަށް ހުރަސްއަޅާ ކައުންސިލްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް ކައުންސިލްތަކުގެ ބަލަދުވެރިޔާ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހެޅުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ.

މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވީ، އިސްލާމްދީނުގެ މަގަށް ހުރަސްއަޅައި، ދީނުގެ އަޑުއިވުނަނުދިނުމަށް މަސައްކަތްކުރާ ކައުންސިލްތަކުގެ މައްސަލަބަލައި، އެތަންތަނާމެދު ޤާނޫނީ ފިޔަވަޅުއަޅައިދުނުމަށް އެދި އެލްޖީއޭއަށް އަންނަ އާދީއްތަ ދުވަހު، އިންޝާﷲ، ހުށަހަޅުއްވާނެ ކަމަށެވެ.
"އިސްލާމްދީނަށް ހުރަސްއަޅާ އެންމެހާ ކައުންސިލްތަށް އުވާލަން ޖެހޭނެ. އިސްލާމްދީނުގެ ކަންކަމަށް ހުރަސްއެޅުމަކީ ޤާނޫނީގޮތުން ކުށެއް." މިނިސްޓަރ ވިދާޅުވިއެވެ.
ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޤާނޫނު ހިންގުމަށްވެސް މިނިސްޓަރ ޝަހީމް ވަނީ ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު، ބ. ތުޅާދޫގައި ދީނީ ހޭލުންތެރިކަން އިތުރުމުގެ ގޮތުން އިސްލާމިކް އެފެއާޒް މިނިސްޓްރީން މިއަދު ބާއްވަން އުޅުނު ވޯކްޝޮޕަކަށާއި ދަރުސެއް ބޭއްވިޔަނުދިނުމަށް އެރަށުގެ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ވަނީ ލަވަޖަހައި އަޑުގަދަކޮށް ހުރަސްއަޅާފައެވެ. އަދި އެރަށުގެ ކައުންސިލުން ވަނީ މިސްކިތުގައި ދަރުސް ބޭއްވުމަށް ދެކޮޅުހަދާފައެވެ.

އެހެންވުމާއެކު، ތުޅާދޫއަށް މިއަދު ވަޑައިގެންނެވި މިނިސްޓްރީގެ ވަފުދުވަނީ އެޕްރޮގްރާމްތައް ކެންސަލްކުރައްވާ އެރަށުން ފުރާވަޑައިގަންނަވާފައެވެ.
އޭގެ އިތުރުން ހދ. ވައިކަރަދޫގެ މިސްކިތެއްގައި އިއްޔެ އަޞްރު ނަމާދަށްފަހު ބޭއްވި ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަށާއި، ރޭ އެރަށު ސްކޫލްގައި ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސަށްވެސް ހުރަސްއެޅުމަށް އެރަށުގެ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ލަވަޖަހައި އަޑުގަދަކޮށްހަދާފައިވެއެވެ.
މާލޭގެ ފުރުޤާން މިސްކިތުގައި މިމަހު 18 ވަނަ ދުވަހުގެރޭ ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސް ފެށުމުގެ ކުރިންނާއި ދަރުސްކުރިއަށްދިޔައިރު އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް މިސްކިތް ކައިރިއަށް އެއްވެ ޝައިޚް އިލްޔާސާ ދިމާއަށް އަވަގުރާނަ ގޮވައި ހަޑިހުތުރު އެއްޗެހި ކިޔައި ހަޅޭއްލަވައި އަޑުގަދަކޮށް މިސްކިތުގެ ޙުރުމަތް ކަނޑާލައި ހަމަނުޖެހުން ހިންގައި ދަރުސަށް ހުރަސްއެޅުމަށްވެސް މަސައްކަތްކޮށްފައިވެއެވެ.
އެހަމަނުޖެހުންތައް މައިތިރިކޮށްފައިވަނީ އެސަރަހައްދަށް ފުލުހުން ގޮސްގެންނެވެ. އެހަމަނުޖެހުންތަކާ ގުޅިގެން އެރޭ 5 މީހަކު ހައްޔަރުވެސް ކޮށްފައިވެއެވެ.

އެމްޑީޕީގެ ބަޔަކު ފުރުޤާން މިސްކިތުގެ ޙުރުމަތް ކަނޑާލުމާގުޅިގެން، މިސްކިތްތަކުގެ ހުރުމަތްކަނޑާ ސިޔާސީ ޕާޓީތަކާމެދު ފިޔަވަޅުއަޅައިދިނުމަށް އެދި ޖަމްޢިއްޔަތުއްސަލަފުން ވަނީ މިމަހުގެ 20 ވަނަ ދުވަހު، ސިޔާސީ ޕާޓީތަކުގެ ބަލަދުވެރިޔާ، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ފަރާތުން މިމަހުގެ ކުރީކޮޅު ހިތަދޫއާއި އަދި ގުޅިފައިވާ އަވަށްތަކުގެ މިސްކިތްތަކުގައި ޝައިޚް އިލްޔާސްގެ ސިލްސިލާ ދަރުސްތަކެއް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލްގައި ހުއްދައަށް އެދުމުން އެކައުންސިލުންވެސް ވަނީ އެކަމަށް ދެކޮޅުހަދާފައެވެ.

ގުޅުންހުރި

10 ޚިޔާލު

  1. ފޮޓޯއަށް ބަލާލީމަ ބިރުވެރި ސިފައެއް ފެންނަނީ. …. އިބުރަތް ލިބިގަނޭ ބޭކަލުންނޭ.

  2. އެމް.ޑީ.ޕީ އަކަސް އަދި ކޮންމެ ބަޔަކަސް ދީނީ އެއްވެސް ކަމަކު ދެކޮޅެއްނެހޭދޭނެ. އެހެންވީމަ އެމް.ޑީ.ޕީ މީހުން ﷲ ގެ ކޯފާ އަތުވެދާނެކަމުގެ ބިރުވެރިކަމެއްނެތީދޯ؟ ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ.

  3. މިއަދު މިޤައުމުގެ ހާލަތު މިވަނީ ޖާހިލިއް ޒަމާނުގައި އޮތް ހާލަތަށް ވެއްޓިފައި. ފިރިން އެބައިމީހުންގެ އަނބިދަރިން ނަކީވެސް ޕާރޓީ ހަމައެގޮތަށް އަނހެންވެރިންގެ ފިރިންނާއި ދަރިންނަކީވެސް ޕާރޓީ. އަޅުގަނޑުމެގެ އީމާންތެރިކަން ފުރިހަމައެއް ނުވާނޭ ރަސޫލުﷲ ޞޮލަﷲ އަލަހި ވަސަލަމެ ދެކަ ދުނިޔެއާއި ދުނިޔޭގައި ވާހުރިހާ އެއްޗަކަށް ވުރެން ބޮޑަށް ލޯބިވުމަށް ދާންދެން. ނަމަވެސް މިކަން މިއަދު މިވަނީ ޕާރޓީގެ ރޫހާނީ ލީޑަރަށް ދީފައި.ޔާﷲ އަޅެމެން ހެޔޮވިސްނުން މިންވަރު ކޮށްދެއްވާށި އަޅަމެންނަކީ ހެޔޮބަސް އަޑުއަހާ ހެޔޮބަސް ގަބޫލުކުރާ ބަޔަކުކަމުގައި ލައްވަވާށި އަޅެމެންގެ މެދުން ދެކޮޅުވެރިކަމާއި ދެބަސްވުން ނެތިކޮށް ދެއްވާށި އާމީން.

  4. އެމް.ޑީ.ޕީ އިން މިވަރު ކުރާއިރުވެސް ލާދީނީއެއްނޫނޯ….. ލާދީނީނުވެ ދެންމިވަނީ ކޯންޗަކަށް.؟

  5. ވިސްނުމެއްނެތި މޮޔަ ކުދިންތަކެއް މަގުމަތިން ކައުންސިލަރުންނޭ ކިޔައިގެން ގެނައުމުންވެސް ވާނީ މިކަހަލަގޮތެއް. އަބަދު ތިބޭނީ ހިނދުކޮޅުއައިސްފައި.

  6. ކައުންސިލްތަކާ ޕާޓީތައްވެސް އުވާލާންވީ.

  7. އުފެދޭ ސުވާލަކީ މިހާ ހިސާބަށް ކަންތައް ދާއިރުވެސް ހަމަ ފިޔަވަޅުއަޅާށޭ ކިޔަކިޔާ ތިބެނީތޯއެވެ. މިދާގޮތަށް ދާނަމަ ހީވާގޮތުން އެންމެފަހުން މިކަންވެސް ނިންމަންޖެހޭނީ ދިވެހި ރައްޔިތުން ނިކުމެއެވެ. އޭރުން ބާރުގަދަ މީހެއްގެ ބާރު ފެނިގެންދާނެއެވެ. ގައިމު ބަޔަކު އަދި ބާޣީއޭ އަދި އެހެންއެއްޗެކޭ ކީކަމުގައި ވިޔަސް މިއީ ގާއިމުވެފައި އޮތް ސަރުކާރެއް އޮތް އިސްލާމީ ޤަޥްމެކެވެ. މިފަދަ ކަންތަކާ ލައިގަތުމުން ވެސް ކިޔާތީ މިއަޑު އިވެނީ ހަމަ އެެއްކަލަ ކޮރު ދެކޮޅުނުޖެހޭ ޑިމޮކްރަސީގެ ވާހަކައާއި، މިނިވަންކަމުގެ ވާހަކައާއި، ހަމަހަމަކަމުގެ ވާހަކައާއި، ޙައްޤުތަކުގެ ވާހަކައެވެ. އިސްލާމް ދީނާއި ޖެހޭއިރު އެވާހަކަ ދައްކާނެ ބަޔަކު ވެސް، ޤާނޫނެއް ޤަވާޢިދެއް ހަދާނެ ބަޔަކުވެސް، އަދި ނުވިތާކަށް ހެދިފައި ހުރި ޤާނޫނުތަކަށް ޢަމަލު ކުރާނެ ބަޔަކު ވެސް މި ރާއްޖޭގައި ތިބިކަމަކަށް ނުވެއެވެ. އެހެނެއްކަމަކު އެހެންކަމަކާ ލައިގަނެފިތަ، އެޖެހުނީ ކަންތަކާއެވެ. ޓީވީ ތަކަށާއި ޕޯޑިއަމް ތަކަށް އަރާ ވާހަކަދައްކާނެ ކުޅަދާނަ ވަކީލުންނާ އެތައްބަޔަކު ފެންމަތިވެއެވެ. ހުރިހާ ވެސް މައްސަލައަކީ މިފަދަ ބޮޑެތި ޖަރީމާތަކަށް އަރައިގަންނަ މީހުނަށް އިސްލާމް ދީނުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ޙައްޤު ޢުޤޫބާތް ނުދިނުމެވެ. ނަމެއްގައި ޤާނޫނުގައި ރާއްޖޭގެ ދީނަކީ އިސްލާމް ދީނޭ އޮތުމަކުން އަދި އެނިމުނީއެއް ނޫނެވެ.

  8. unnmai halaakuve dhaairuvess raahjeyge bayaku thibenee kameii vaahen vess neyngifa … baeii meehunnah neyngey seeriyaa adhi ehenihen gaumuthakuga vaanuvaayeh…. gaboolu kurevenee mi multiparty system aasgen unnmathah jehifa vaa loabi netheekamah…adhi amihhla party ah nuvatha amillhla naffsah faaidhaayeh vaa gothah meehun masahhkai kuramun dhanee .. verikamaa hifaakanee …. mi e hama raahjeyge meehun amihhlayah bolah faain araafa vaa than fenna kameii miyadhuga… thi laadhenee dimocracy fuhelumah masahhkaithakeii kuran v hurihaa dheenah loabi kuraa meehun vegen … adhi raahjeyge shaikun dhey dharussthakaa dhekolhah jehhsun kuraa meehun hahyarukohh dhoonukohh bahahtan v eyahhfahu islam dheenuge shariyaa qaaimu kuran vehhje mihaaru eyahhfahu thimeehun dhookohhfa emeehun kameii kohhfihhyaamu shariyaage dhashun hukum kuraaanee …eyrun mi raahjeyah libeyne hama jehumeii adhi islam dheenuge adhaavaaitherinn kuraa jareemaathakaa dhekolhah raahjeygaa muzaaharaayeh international kohhbaahvan v adhi ehen muslim gaumuthakah e gaumuthah himaayah kiuran govaalan v..hama ekani aharemennge mi UNNMATHATAKAA .. :(

  9. އުންމަތުގެ ވާހަކަ މިހާރު ހުތުބާގަވެސް ނުކިޔާ. އަބަދުވެސް ކިޔާނީ ގައުމުގެ ވާހަކަ. ދެންކިހިނެއް މީހުން ހޭއަރާނީ؟

  10. ހާދަހާވާ ހުތުރު މޫނުތަކެކޭ ދޯ އެފެންނަނީ މިސްކިތުގެ ހުރުމަތްކަނޑަން އެތިބީ….

Your email address will not be published. Required fields are marked *