މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި 9 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއްވިގޮތުގައި 37 ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ޒަކާތް ދައްކާފައި ވާކަމަށާއި އެސްއެމްއެސް އަދި އޮންލައިންކޮށް ވެސް ގިނަ އަދަދެއްގެ ބަޔަކު ފިތުރު ޒަކާތް ދައްކާފައި ވާކަމަށް އެމިނިސްޓްރީއިން ހާމަކުރައްވައެވެ.
އިސްލާމިކް އެފެއާރޒްއިން ހާމަކުރައްވާފައިވާގޮތުގައި ދިރާގު އެސްއެމްއެސް މެދުވެރިކޮށް ޖުމްލަ ހަތަރުހާސް ފައްސަތޭކަ ސާޅީސް ހަތަރު ފަރާތަކުން ޖުމްލަ އަށްޑިހަ އަށްހާސް ހަތަރުސަތޭކަ ހަތާވީސް ރުފިޔާ ދައްކާފައިވާއިރު، ވަތަނިއްޔާގެ ނަންބަރުތަކުން އެސްއެމްކޮށްގެން އެގާރަސްތޭކަ ފަންސާސް ނުވަ ފަރާތަކުން ސައްބީސްހާސް ހަސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި އެކި ފަރާތްތަކުން 7 ލައްކައަށްވުރެ ގިނަ ރުފިޔާ ޒަކާތު ފައިސާގެ ގޮތުގައި މިނިސްޓްރީއަށް ވަޑައިގެން ދައްކާފައިވެއެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޒަކާތު ފައިސާ ބަލައިގަންނަން ފަށާފައިވާއިރު ފިތުރު ޒަކާތު ދެއްކުމުގެ ފުރުސަތު މި ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށް އިސްލާމިކް އެފެއާރޒްއިން މައުޟޫމާތު ދެއްވައެވެ.

















ޚިޔާލު