ރާއްޖޭގެ ޚަބަރު

ލ. ފޮނަދޫގައި ބޭއްވުނު އަރުތަ ޤުރުއާން މުބާރާތް ނިމިއްޖެ

ލ. ފޮނަދޫގައި ބޭއްވުނު އަރުތަ ޤުރުއާން މުބާރާތް ނިމިއްޖެކަމަށް ފޮނަދޫއިން ހާމަކޮށްފިއެވެ.

އަރުތަ ޤުރުއާން ކުލާހާއި ފޮނަދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ބާއްވާފައިވާ މިމުބާރާތަކީ މިހާތަނަށް އެފަރާތުން ބާއްވާފައިވާ 4 ވަނަ މުބާރާތްކަމަށް ހަބަރު ލިބެއެވެ. ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރ ރިސޯސް ސެންޓަރު ހޯލުގައި ކުރިއަށް ގޮސްފައިވާ މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން ދަންފަޅިއަށް ބަހާލައިގެންނެވެ. ޖުމްލަ 76 ދަރިވަރުން މިމުބާރާތުގައި ބައިވެރިވެފައިވާ އިރު ލ. ފޮނަދޫއިން މިފަހަރުގެ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ހަބަރު ލިބެއެވެ.

އަރުތަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ފިތުރު ޢީދުގެ ފަހުންކަމަށް ހަބަރު ލިބެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *