
އިސްލާމިކް ބެންކްގެ އޭޓީއެމްގެ ޚިދުމަތް ތަޢާރަފް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤް
ގުޅޭ :
- ފައިސާ ކާޑާއެކު އިސްލާމިކް ބެންކްގެ އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކޮށްފި - 14 މާޗް 2012
- އިސްލާމިކް ބޭންކުން ސައިކަލް ގަނެދިނުމުގެ ޚިދުމަތްދޭން ފަށައިފި - 21 ފެބުރުއަރީ 2012
- މޯލްޑިވްސް އިސްލާމިކް ބޭންކަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ – 14 ޑިސެމްބަރު 2011
- ވީޑީއޯ: އިސްލާމިކް ބެންކާއި ބެހޭ ހާއްސަ ކަވަރޭޖް – 14 މާޗް 2011
- އިސްލާމިކް ބޭންކުގެ ސީއީއޯގެ އިންޓަވިއު – 8 މާޗް 2011
- ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ބޭންކެއް ހުޅުވުން : ގިނަ ބައެއްގެ ފޮނި އިންތިޒާރީތައް ނިމުމަކަށް – 7 މާޗް 2011
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބްރާންޗެއް މާލެއިން ބޭރު ރަށެއްގައި އަންނަ އަހަރު ހުޅުވަން ތައްޔާރުވަމުންދާ ކަމަށް އެބޭންކުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) ހާރިސް ހާރޫން ވިދާޅުވެއްޖެއެވެ.
ހާރިސް ވިދާޅުވީ އެމްއައިބީގެ އިތުރު ބްރާންޗެއް ރާއްޖޭގައި ހުޅުވުމަށް އެންމެ ބޮޑަށް ބޭނުންވަނީ މުވައްޒަފުން ކަމަށެވެ. އަދި އެކަމަށް ތައްޔާރުވުމަށްޓަކައި މުވައްޒަފުން ތަމްރީނުކުރުމަށް ވިސްނާފައިވާ ކަމަށް ހާރިސް ވިދާޅުވިއެވެ.
ސީއީއޯ ހާރިސް ވިދާޅުވީ އިސްލާމިކް ފައިނޭންސާ ބެހޭގޮތުން މިހާރަށް ވުރެ ބޮޑަށް މީހުން ހޭލުންތެރިކޮށް އެ ބޭންކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް މިއަހަރު ރާވާފައިވާ ކަމަށެވެ. އެގޮތުން ބޭންކްގެ ޚިދުމަތްތަކާ ބެހޭގޮތުން ރަށްރަށުގެ މީހުންނަށް މިހާރަށް ވުރެ ބޮޑަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް ހާރިސް ވިދާޅުވިއެވެ.
ހާރިސް ވިދާޅުވީ މިދިޔަ އެއް އަހަރު ދުވަހު ތެރޭ އެމްއައިބީން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.
އެމްއައިބީން ވަނީ މާޗް 14، 2012 ގައި "ފައިސާ ކާޑާ"އެކު އޭޓީއެމްގެ ޚިދުމަތް ތައާރަފުކޮށްފައެވެ. އަދި އޭޓީއެމްތަކުގެ އިތުރުން ފިހާރަތަކުން ވެސް "ފައިސާ ކާޑު" ބޭނުންކުރެވޭ ގޮތް ހެދުމަށް އެބޭންކުން ދަނީ މަސައްކަތްކުރަމުންނެވެ.
އެބޭންކުން ވަނީ ފެބްރުއަރީ 19، 2012 ގައި ސައިކަލަށް ފައިނޭންސް ކުރުމުގެ ޚިދުމަތްވެސްދޭން ފަށާފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރި އިސްލާމިކް ބޭންކް ކަމުގައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވާފައިވަނީ މާޗް 7، 2011 ގައެވެ. އެމްއައިބީއަށް ވަނީ ބައިނަލްއަޤްވާމީ އެވޯޑެއްވެސް ލިބިފައެވެ.
















މިއީ މުޅިޤައުމަށްވެސް ވަރަށްބޮޑު ފައިދާތަކެއްވާނެ ކަމެއްކަމަށްފެނޭ!