އޭޑީކޭއިން ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އައްޑިހަ ފަސް ހާސް ރުފިޔާ ހަދިޔާ ކޮށްފިއެވެ.
ޕާކިސްތާނުގެ އެމްބަސީގައި ހުޅުވާފައިވާ “ޕްރައިމް މިނިސްޓާރޒް ފްލަޑް ރިލީފް ފަންޑަށް” 85،000 (އައްޑިހަ ފަސް ހާސް) ރުފިޔާ ހަދިޔާ ކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒަފުންވެގެންނެވެ. އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ވެދެއްވާފައިވާ އެހީއަކީ މުވައްޒިފުންގެ އަތުން ވަކި އަދަދެއް ދިނުމަށް މެނޭޖްމަންޓުން އެދިގެން ދީފައިވާ އެހީ ނޫންކަމަށާއި އެހޮސްޕިޓަލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެގެން، އަމިއްލައަށް އަދަދެއް ކަނޑައަޅައި ވެދީފައިވާ އެހީ ކަމަށް އޭޑީކޭއިން ހާމަކުރައްވައެވެ.
ރާއްޖޭގެ ކަންކޮޅުތަކުގައި ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ތަފާތު ހަރަކާތްތައް ދަނީ ފަށަމުންނެވެ. އެގޮތުން ޕާކިސްތާނުގެ ހައިކޮމިޝަނުންވެސް ވަނީ ހަބީބް ބޭންކުގައި ހާއްސަ އެކައުންޓެއް ހުޅުވާފައެވެ. އަދި އަދާލަތު ޕާޓީއިން ވަނީ އެހީގެ ފަނޑު ފޮއްޓެއްވެސް ހުޅުވާފައެވެ.

















ޚިޔާލު