ޢަދާލަތުގެ އަންހެނުންގެ މަޖްލީހުން އިސްލާމީ މަރުކަޒުގައި ހޭލުންތެރިކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
ދިއިސްލާމްއަށް ހަބަރު ލިބިފައިވާ ގޮތުގައި މި ޕްރޮގްރާމަކީ ޢަދާލަތު ޕާޓިގެ އަންހެނުންގެ މަޖިލީހާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްދާ ހަރަކާތެއްކަމަށާއި މިކަމުގައި ފުރުޞަތު ދީފައިވަނީ 30 ކުދިންނަށް ކަމަށެވެ. އިސްލާމީ މަރުކަޒުގައި ހަފްތާއަކު ތިން ދުވަހު ކުރިއަށްދާ މި ޕްރޮގްރާމްގައި މާލޭގެ އެކި ސްކޫލްތަކުންނާއި އަދި އަމިއްލަ ގޮތުން ކުދިން ބައިވެރި ވެފައިވިވާކަމަށް އާދާލަތު ޕާޓީއިން ހާމަކުރައްވައެވެ. އަންހެން ޢިލްމުވެރިން ކިޔަވައިދޭ މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ އަންހެންކުދިންނަށެވެ.
ދާދިފަހުން އަދާލަތު ޕާޓީގެ އަންހެނުންގެ ގޮފިން އިސްނަގައިގެންވަނީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ 'އިސްލާމީވަންތަ އާއިލީ ހަވިރު' ވަރަށް ކާމިޔާބު ކަމާއިއެކު ބާއްވާފައެވެ.

















ޚިޔާލު