ރާއްޖޭގެ ޚަބަރު

ޕާކިސްތާނަށް އެހީތެރިކަން ފޯރުވައިދިނުމަށް ނައިބު ރައީސް ވެސް ގޮވާލައްވައިފި

ޕާކިސްތާނަށް އެހީތެރިކަން ފޯރުވައިދިނުމަށް ނައިބު ރައީސް ވެސް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިފަދައިން ގޮވާލެއްވީ ހަމްދަރުދީ ފާޅު ކުރައްވައި، އެއްބައިވަންތަކަން ހާމަކުރެއްވުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނަށް، ކުރެއްވި ޒިޔާރަތެއްގައެވެ. "ޕާކިސްތާނަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެޤައުމުގެ އެތައް މިލިއަން މުސްލިމުންނަށް، ވެވަޑައިގެންނެވި މިންވަރަކުން ވެވަޑައިގެންނެވި އެހީތެރިކަމެއް ފޯރުއްވައިދެއްވުމަށް." ނައިބު ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވިއެވެ.

ރައީސް ނަޝީދުވެސް ވަނީ "ޕާކިސްތާނުގެ އަޚުންނަށް ވެވެން އޮތް އެހީތެރިކަމެއްވެ، އަޅުގަނޑުމެންނަށް ދެވެން އޮތް އެއްޗެއް ހާލުގައިޖެހިފައި ތިބި ބަޔަކަށް އެހީތެރިވުމުގެ ގޮތުން ދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއް" ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *