ރާއްޖޭގެ ޚަބަރު

ރާއްޖެއިސްލާމް ވެބްސައިޓުން ރޯދަ މަހަށް ހާއްސަކޮށް ސުވާލު މުބާރާތެއް ފަށަނީ

ލިޔުނީ: އައިޝާ ޝަހޫ

ރާއްޖެއިސްލާމް ވެބްސައިޓުން ރޯދަ މަހަށް ހާއްސަކޮށް ސުވާލު މުބާރާތެއް ފަށަން ހަމަޖެހިފައިވާކަމަށް އެވެބްސައިޓުން ހާމަކޮށްފިއެވެ.

ރާއްއިސްލާމް.ކޮމް ގެ ފަރާތުން ހާމަކުރައްވާގޮތުގައި "މިމުބާރާތަކީ މިހިނގާ ބަރަކާތްތެރި ރަމަޟާންމަހުގެ 7 ވަނަ ދުވަހުން ފެށިގެން ސުވާލު މުބަރާތެއް" ކަމަށާއި "ދުވާލަކު އެއް ސުވާލު ހުށައެޅޭ މި މުބާރާތް ދެމިގެންދާނީ ރަމަޟާންމަހުގެ 28 ވަނަ ދުވަހާއި ހިސާބަށް" ކަމަށެވެ.

"ކޮންމެ ދުވަހަކުވެސް ހުށައެޅޭ ސުވާލަށް އެދުވަހުގެ ރޭގަނޑު 12 ޖެހުމުގެ ކުރިން ޖަވާބު ފޮނުވަންވާނެކަމަށާއި ކޮންމެ ސުވާލަކަށް ވެސް އިޚްތިޔާރީ 3 ޖަވާބު ލިޔެފައިވާއިރު އެތަނުން ރަގަޅު ކަމަށް ފެންނަ ޖަވާބު އިޚްތިޔާރު ކުރައްވާ ޖަވާބު ރާއްޖެއިސްލާމް.ކޮމް އަށް ފޮނުއްވާނީ" ކަމަށް ރާއްޖެއިސްލާމް ވެބްސައިޓުގައިވެއެވެ.

ޢީދު ދުވަހު މިމުބާރާތުގެ އެއްވަނަ އަށްދާ ފަރާތް ޢިއުލާން ކުރެވޭއިރު މި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް  "އަގުހުރި އިނާމެއް" ހުށައަޅާފައިވާކަމަށް ރާއްޖެއިސްލާމް.ކޮމް އިން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *