ނަޝީދު އިސްތިއުފާ ދެއްވި ގޮތާއި ބާރުތައް ބަދަލުކުރި ގޮތާ ބެހޭ ގޮތުން ކޮމަން ވެލްތުން ދިރާސާ ކުރަން ނިންމައިފިއެވެ.
އިއްޔެ ކޮމަން ވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީއެމްއޭޖީ) އިން ބައްދަލުވުމަކުން ނިންމާފައިވާ ގޮތުގައި "ކުރީގެ ރައީސް މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ގޮތާއި ރާއްޖޭގައި ބާރުތައް ބަދަލުކުރި ގޮތާ ބެހޭ ގޮތުން ބަލައި ދިރާސާ ކުރުމަށް ކޮމަން ވެލްތުގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ. ކޮމަން ވެލްތުގެ ޓީމު ރާއްޖެ އަންނާނެ ވަކި ތާރީހެއް އާންމުކޮށްފައި ނުވާއިރު ކޮމަން ވެލްތުން ވަނީ މިކަމުގައި ހުރިހާ ފަރާތްތަކުގެ ވާހަކަތައް އަޑު އަހާފައެވެ.
ކޮމަން ވެލްތުގެ ގައުމުތަކަށް ކުރިމަތިވާ ނާޒުކު ދަނޑިވަޅުތަކުގައި މައްސަލަތައް ހައްލުކުރުމުގައި ކޮމަންވެލްތުން ބައިވެރިވުމަށް 2011 ވަނަ އަހަރު ޕާތުގައި ބޭއްވި ބައްދަލުވުމުގައި އެޖަމާއަތަށް މެންޑޭޓް ގައި ވަނީ ހިމަނާފައެވެ.

















ޚިޔާލު