ރާއްޖޭގެ ޚަބަރު

އިސްތިޢުފާދެއްވުމަކީ އެވަގުތަށް އޮތް އެންމެރަނގަޅުގޮތްކަމަށް ކުރީގެ ރައީސް ވިދާޅުވެއްޖެ

ސިފައިންގެ މީހަކު އާންމުނާއި ފުލުހުންނާއި ދިމާއަށް ރަބަރު އުންޑަ ޖަހަނީ. ދިއިސްލާމް ފޮޓޯ: އިސްމާޢިލް އަފްރާހް

ސިފައިންގެ މީހަކު އާންމުނާއި ފުލުހުންނާއި ދިމާއަށް ރަބަރު އުންޑަ ޖަހަނީ. ދިއިސްލާމް ފޮޓޯ: އިސްމާޢިލް އަފްރާހް

ކުރީގެރައީސް ގ، ކެނެރީގޭ ނަޝީދު އިސްތިއުފާދެއްވީ އެއީ އެވަގުތަށް އޮތް އެންމެ ރަނގަޅުގޮތްކަމަށްވާތީކަމުގައި މިއަދު ރާއްޖެ ޓީވީއަށްދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ އޭރު ފުލުހުންގެ މުއައްސަސާއޮތީ އެކީ އެކައްޗަކަށް ބާރުކެނޑިފައި ކަމަށާ އެމުއައްސަސާގެ ވެރިންގެ އަމުރަށް ފުލުހުން ކިޔަމަންމަން ނުވާކަމަށެވެ. އަދި އަދި ސިފައިންގެ މުއައްސަސާވެސް އޮތީ އެކަހަލަގޮތަކަށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިކަން އިތުރަށް ކުރިއަށްގެންދެވެން ނެތްކަމުގައާ އެހެންކަމުން އިސްތިއުފާ ދެއްވުމަށް ސިފައިންގެ އޮފިސަރުން ލަފާދެއްވާފައިވާކަމުގައެވެ. އެހެންނަމަވެސް ސިފައިންގެ ތެރޭގައި ތިބި އެމަނިކުފާނަށް ތާއީދުކުރާބަޔަކު ބަޑިގުދަން ހުޅުވައި ދިނުމަށް އެދިފައިވާކަމަށާ އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރަން އޭނާ ބޭނުންނުވާކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން އެމަނިކުފާނުގެ އިސްތިއުފާގައިވެސް މިކަންމިކުރަނީ ލޭއޮހޮރުމަކަށް ދާން ބޭނުންނުވާތީކަމަށާ އަދި މިވަގުތަށް ރާއްޖޭގެ ރައްޔިތުންނަށްއޮތް އެންމެ ރަނގަޅުގޮތަކީ މިއީކަމަށްވާތީކަމަށް ވިދާޅުވެފައިވާނެކަމަށެވެ.

ގުޅުންހުރި

9 ޚިޔާލު

  1. “އެހެންނަމަވެސް ސިފައިންގެ ތެރޭގައި ތިބި އެމަނިކުފާނަށް ތާއީދުކުރާބަޔަކު ބަޑިގުދަން ހުޅުވައި ދިނުމަށް އެދިފައިވާކަމަށާ އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރަން އޭނާ ބޭނުންނުވާކަމަށް ވިދާޅުވިއެވެ.” މިހެން ބުނެފަ އިއްޔެރޭ ޢާންމުންގެ މުދަލާ ރައްޔިތުންގެ ހިމާޔަތުގަ ތިބި ފުލުހުންގެ މަރުކަޒުތަކާ ޢަދުލު އިންސާފް ގާއިމްކުރުމަށް ހުރި ކޯޓްތަކާ ރަށް ރަށުގެ ކައުންސިލްއިދާރާތަކާ އަންދާ ހުލިކުރީމަ ދެން މިކަން މިކުރެވުނީ އެމަނިކުފާނަށް އެންމެ ރަނގަޅަށްބާ ދިގު 30އަހަރު ވެރިކަން ކޮށް ނިންމާލި ވެރިޔާވެސް ވެރިކަން ނިމުނުކަން ގަބޫލުކޮށްގެން ހުރީ އެކަމަކު މި ފެންނަނީ ވެރިކަން ބޭނުމެއް ނޫނޭ ކިޔައިގެން އަނދުން އެޅުވި މީހާއަށް 2އަހަރު ބައި ވިތަނާ ރައްޔިތުން ނުކުމެ ބޭރުކޮށްލީމަ ކެތް ނުކުރެވިގެން އުޅޭތަން. ނަޝީދު މިއުޅޭގޮތަކުން އަހަރެންގެ ހިތުގަ މައުމޫނަށް އޮތް ގަދަރު ބޮޑުވާގޮތް މިވަނީ….

  2. ތީ އަނެއްކާވެސް ގަބުލު ކުރެވޭނެ ހަގީގީ ވާހަކައެއްކަމަކަށް ގަބޫލެއް ނުކުރެވޭ ނުވެސް ކުރާނަން ކުރިޔަދީގެންވެސް ނުވާނެ. ހީވާގޮތުން ހަތިޔާރުނަގަންވެސް މީނާވާނެ އަމުރުކޮށްފައި، ޓޭންކަރުތަށްވެސް ނެރެންވެސްވާނެ ރަނަގަޅަށްވިއްޔާ މީނާވާނެބުނެފާ، ބަޑިޖަހަންވެސް ރަނަގަޅައްވިއްޔާ މީނާވާނެ ބުނެފާ، ރަނގަޅަށްވިއްޔާ ރައްޔިތުން މަރަންވެސް ފެންނަ ފެނުމުން އަމުރުކޮށްފައިވާނެ ކަމުގައި ފެންނަނީ. ނަމަވެސް ކީއްތޯކުރާނީ؟ އަރާ ކޮންމެ ތަރިއެއްގެވެސް އަޖަލު ހަމަވާ އުސޫލުން ތިއަތަރި އޮއްސުމުން ދެން ތިޔަ ވިޔާނުދާ އަލި މިދީބުގާ އަލިކުރަން ނޫޅުމަށް އެދެން….ސަލާމް….

  3. ރައީސް ނަޝީދު ކިޔާ އެއްޗެއް ދިމާލެއް ނުވެއެއްނުން.. އެއްފަހަރު ބުނާނެ ތިމަންނަ ބޮލަށް ބަޑި ދިއްކުރީއޭ، އަނެއްފަހަރު ބުނާނެ ތިމަންނަ ބަޑި ޖަހުވަން ބޭނުން ނުވީއްޔޭ!

    ކީއްތަ ވާނީ އެންމެ ފަހަރަކުވެސް ފުލުހުންގާތު ބުނިނަމަ ތިމަން ދެން ޤައިރު ޤާނޫނީ އަމުރެއް ނުކުރާނަމޭ ބުނިނަމަ.. އެހެންވެސް ނުބުނެ ބުނީ ފުލުހުން ޖެހޭނެޔޭ ޓޮލަރޭޓްކުރަން.

    މިންވަރަށް ވުރެއް ބޮޑާވެސް ވެވުނީ!

  4. ރައީސް މައުމޫނު ބަލި ގަބޫލުކޮށްގެން ހުރީ މަގުމަތިން ސަރުކާރުވައްޓައިގެނެއް ނޫންކަން މިފުރުސަތުގަ ހަނދާންކޮށްދެމެވެ. ފިތުނަ އުފެއްދީ އިއްތިޙާދާއި އަދި ފުލުހުންނެވެ. ފުލުހުން އިއްތިޙާދުގެ ބަހަށް ހެއްލި ބައެއްގެ ސީދާ ރޭވުމެއް މިކަމުގައި ވާކަންވެސް ފާހަގަ ކުރެވެއެވެ. ތަންތަން ރޯކުރަންފެށުމުގެ އަސްލަށް ދާންޖެހެއެވެ. އެއީ ބަޔަކަށް ވެރިކަމަށް ފެންބޮވާގަނެފަވާ ބޮޑުކަމުން ހެދުނު ގޯހުންކަން މިއީ ކުޑަކުއްޖަކަށްވެސް އޮޅިފައިވާނޭ ކަމެއްނޫނެވެ. ކުރީދުވަހުގައި ފުލުހުން ނުކުމެ ޤާނޫނާއި ޚިލާފުނުވިނަމަ މިއަދަކު މިހެނެއް ނުވީސްއެވެ. ރައީސް ނަޝީދު ޤާނޫނާއި ޚިލާފުވެފައި އެބަހުއްޓެވެ. އެކަމަކު އެއީ ވެރިކަން މަގުމަތިން ވައްޓަން ދެއްކޭނެ އުޒުރަކަށް ނުފުދޭނެކަން އެއީ ދަންނަން ޖެހޭ ކަމެކެވެ. އަދި މިފުރުސަތުގައި މީހަކުގެ ގޯސް ޢަމަލެއްގެ ސަބަބުން އެހެން ނުބައިމީހަކަށް ހިތުގައި ޤަދަރު ބޮޑުވެގެން ދިޔުމަކީ ވަރަށް އަޖައިބު ވާކަމެކެވެ. ﷲ ތިބާއަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ! އާމީން

  5. ރައީސް މައުމޫނު ބަލި ގަބޫލުކޮށްގެން ހުރީ މަގުމަތިން ސަރުކާރުވައްޓައިގެނެއް ނޫންކަން މިފުރުސަތުގަ ހަނދާންކޮށްދެމެވެ. ފިތުނަ އުފެއްދީ އިއްތިޙާދާއި އަދި ފުލުހުންނެވެ. ފުލުހުން އިއްތިޙާދުގެ ބަހަށް ހެއްލި ބައެއްގެ ސީދާ ރޭވުމެއް މިކަމުގައި ވާކަންވެސް ފާހަގަ ކުރެވެއެވެ. ތަންތަން ރޯކުރަންފެށުމުގެ އަސްލަށް ދާންޖެހެއެވެ. އެއީ ބަޔަކަށް ވެރިކަމަށް ފެންބޮވާގަނެފަވާ ބޮޑުކަމުން ހެދުނު ގޯހުންކަން މިއީ ކުޑަކުއްޖަކަށްވެސް އޮޅިފައިވާނޭ ކަމެއްނޫނެވެ. ކުރީދުވަހުގައި ފުލުހުން ނުކުމެ ޤާނޫނާއި ޚިލާފުނުވިނަމަ މިއަދަކު މިހެނެއް ނުވީސްއެވެ. ރައީސް ނަޝީދު ޤާނޫނާއި ޚިލާފުވެފައި އެބަހުއްޓެވެ. އެކަމަކު އެއީ ވެރިކަން މަގުމަތިން ވައްޓަން ދެއްކޭނެ އުޒުރަކަށް ނުފުދޭނެކަން އެއީ ދަންނަން ޖެހޭ ކަމެކެވެ. އަދި މިފުރުސަތުގައި މީހަކުގެ ގޯސް ޢަމަލެއްގެ ސަބަބުން އެހެން ނުބައިމީހަކަށް ހިތުގައި ޤަދަރު ބޮޑުވެގެން ދިޔުމަކީ ވަރަށް އަޖައިބު ވާކަމެކެވެ. ﷲ ތިބާއަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ! sއާމީން

  6. ކެރޭނެތަ އެއީ ކޮން ސިފައިންގެ މީހެއްތޯ ނުވަތަ ބައެއްތޯ ހާމަކުރަން.

  7. ތަންތަން ރޯކުރަން ފެށުމުގެ އަސްލަށް ދާންޖެހެންޏާ އިއްތިހާދުން މުޒާހާރާ ކުރި ކަންތަކުގެ އަޞްލަށްވެސް ދާންޖެހެނެ. އަދި ފުލުހުން ދެކޮޅުވެރިކަން ފާޅުކުރަން ޖެހުމުގެ އަސްލަށްވެސް ދާންޖެހޭނެ. ނަޝީދުގެ ވެރިކަމުން އިސްތިޢުފާ ދިނުމަކީ ޤައުމުގަ އަލިފާން ރޯކޮށް ޓެރަރިޒަމްގެ ޢަމަލުތައް ހިންގަން އޮތް އުޒުރެއް ނޫން…….

  8. ނަޝީދަން އެވީ ހަމަ ވާންވީ ގޮތް. ނުވައިނުލަފާކަން ދައްކާ ކޮންމެ މީހެއްގެ ނިމުން ހިތިވާނެ

  9. ތިޔަ ލިޔުމަށް ބުނެލަން އޮތީ އެއީ އޭނަގެ ވައްތަރު. ދެން ބަލަން ހުރޭ މާދަން ކިޔާނީ އެހެން އެއްޗެކޭ. ދެފަހަރު ހަމަޔަށް އެކައްޗެކޭ ނުކިޔާނެ.
    ދެވަނައަށް ބުނެލަން އޮތީ… މަތީގަ އެއިން ފޮޓޯ ހާދަ ސަޅިއޭ. އެދުވަހުގެ މުޒާހަރާގެ އެންމެ ސަޅި ފޮޓޯތަށް ނަގާފައިވަނީ ދިއިސްލާމްގެ ޖަރނަލިސްޓުން. ސާބަސް ތިޔަކުރާ މަސައްކަތަށް.

Your email address will not be published. Required fields are marked *