ރާއްޖޭގެ ޚަބަރު

ރާއްޖޭގެ ޙާލަތާމެދު ކަންބޮޑުވާކަމަށް ކެނެޑާއިން ހާމަކޮށްފި

ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކަންބޮޑުވާކަމަށް ކެނެޑާއިން ދިވެހިރާއްޖެއާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ބްރޫސް ލެވީ ހާމަކޮށްފިއެވެ.

ސަފީރު ނެރުނު ބަޔާނެއްގައި ރާއްޖޭގައި ޑިމޮކްރަސީ ގެނައުމަށް ސަރުކާރުން ކުރެވެމުންދާ މަސައްކަތްތަކުގެ ބޮޑުކަން އިޙްސާސްކުރެވޭ ކަމަށާއި އެހެންނަމަވެސް މިޙާލަތުގައިވެސް އިންސާނީ ޙައްޤުތަކަށާއި ޤާނޫނުގެ ވެރިކަމަށާއި މުސްތަޤިއްލު ފަނޑިޔާރުގެއަކަށް އެންމެ މަތީ ދަރަޖައިގައި މުހިންމުކަން ދޭންޖެހޭކަން ހާމަކޮށްފައިވެއެވެ.

އަދި ހުރިހާ ފަރާތްތަކުންވެސް ބަހުގެ ޙަމަލާތަކާއި ރުޅިވެރިކަމުގެ ބަސްތައް ބަދަލުކުރުން ހުއްޓާލުމަށާއި، ޚިޔާލުތަފާތުވުން ހުރި ނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށާއި ޑިމޮކްރަސީގެ ހަމަތަކަށް އިޙްތިރާމްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ހެޔޮނުވާނެ ތިޔަ ޑިމޮކްރެސީގެ ނަން މިބިމުން ފުހެލެދިނުމަށް އެދެން. އެވެރިންގެ އެއްޗެއް އެއީ. އަހަރުމެންނަށް އެއަށްވުރެ މާ ލުއިފަސޭހަ، މެދުމިން، އަދި މާ ޢަދުވެލިވެރި ނިޒާމެއް އެބައޮތް. އެއީ އިސްލާމީ ޝަރީޢަތް.! މިޝަރީޢަތުގެ ރީތި ނިޒާމުގެ ދަށުން އަދިވެސް މިބިމުގައި ވެރިކަން ދެމެހެއްޓިދާނެ. އަހަރުމެން ކޮންމެ ބެލެނެވެރިޔަކު، ކޮންމެ ފަރުދަކު، ކޮންމެ ވެރިޔަކު ވިސްނަންވީ ކުރިއަށް އޮތް ޖީލުތަކަށް އިލާހީ ޝަރީޢަތުގެ ތަރުބިއްޔަތު ދޭން މަސައްކަތް ކުރަން. އެމީހެއްގެ ފެންވަރުން. ހުޅަނގުގެ ފިކުރަކީ އެމީހުންގެ އެއްޗެއްކަން އަދި އެއީ މުސްލިމުންނަށް ފައިދާ ކުރާނެ އެއްޗެއްނޫން ކަން ޤަބޫލުކުރަންވީ.

Your email address will not be published. Required fields are marked *